ޖެނިފާ އާއި ޑޭވިޑް ޑޭޓް ކުރަނީތަ؟

މަޤުބޫލުކަމަށް އަދި ލިބިފައިވާ ތަރުހީބަށް ފަނޑުކަމެއް އައިސްފައި ނުވާ ކާމިޔާބު ޝޯ "ފްރެންޑްސް" ގައި ދައްކައިދިން އޮން ސްކްރީން ކެމިސްޓްރީގެ ސަބަބުން މަޤުބޫލުކަން ހޯދި ޖޯޑު، ޑޭވިޑް ޝްވިމާ އާއި ޖެނިފާ އެނިސްޓަން އަސްލަށްވެސް ލޯބީގެ ގޮތުން ގުޅި ޑޭޓް ކުރާ ކަމުގެ ހަބަރުތައް މީޑިއާގައި ފެތުރިއްޖެއެވެ.

މިދިޔަ މެއި މަހު ދެއްކި 'ފްރެންޑްސް"ގެ ހާއްސަ ރީޔުނިއަން އެޕިސޯޑުގައި ޑޭވިޑް އާއި ޖެނިފާ ވަނީ އޭރުގެ ބޮޑު ސިއްރެއްވެސް ހާމަކޮށްފައެވެ. އެގޮތުން ޝޯގައި ލޯބި ޖޯޑެއްގެ ގޮތުގައި ފެނިގެންދިޔަ މި ދެތަރިންގެ ކެރެކްޓާއާއެކު، މި ދެމީހުންނަށް އެކަކު އަނެކަކު ދެކެ ގަޔާވެވުނުކަން ވަނީ ހާމަކޮށްފައެވެ. މިކަން އާންމުންނަށް ހާމަކުރީ މި ޝޯ ނިއްމާލިތާ ގާތްގަނޑަކަށް 18 އަހަރު ފަހުންނެވެ. ނަމަވެސް އޭރު ދެމީހުންވެސް އެހެން މީހުންނާއި ގުޅިގެން އުޅުމުން، އެކަމާއި އަޅާނުލިކަމަށް ބުނެފައިވެއެވެ.

"ފްރެންޑްސް"ގެ ރީޔުނިއަންގެ ޝޫޓިން ނިއްމާލުމަށްފަހު، މި ދެމީހުން ގުޅިގެން އުޅޭ ކަމަށް ބޭރުގެ ގިނަ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ރީޔުނިއަން އަށްފަހު ދެމީހުން އެއްކޮށް ވަރަށް ގިނަ ވަގުތު ހޭދަކުރަމުން އަންނަ ކަމަށް މަސްދަރުތަކުން ވަނީ ބޭރުގެ ބައެއް ނޫސްތަކަށް މައުލޫމާތު ދީފައެވެ.

އެގޮތުން ރީޔުނިއަން އަށްފަހު، ދެމީހުން މެސެޖު ކުރަން ފެށިކަމަށާއި، އަދި ވަރަށް ފަހަކުން ޑޭވިޑް ވަނީ ޖެނިފާ އާއެކު ވަގުތު ހޭދަކުރުމަށް ލޮސް އެންޖެލަސް އަށް ގޮސްފައި ކަމަށްވެސް މަސްދަރަކުން ވަނީ ނޫހަކަށް މައުލޫމާތު ދީފައެވެ. ނަމަވެސް މި ހަބަރުތައް ޖެން އާއި ޑޭވިންގެ ރިޕްރެޒެންޓޭޓިވް އަކު ވަނީ ދޮގުކޮށްފައެވެ.

ނަމަވެސް ގިނަ ބަޔަކު ބުނަމުން އަންނަނީ، "ފްރެންޑްސް"ގެ ރީޔުނިއަންގެ ސަބަބުން ދެމީހުންގެ ހިތު ތެރޭގައި ފޮރުވައިގެން އުޅުނު އިހްސާސްތައް އަލުން ދިރުނީކަމަށެވެ.

ޑޭވިޑް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. އެގޮތުން ކުރީގެ އަންހެނުން ޒޯ ބަކްމަން އާއި ޑޭވިޑްގެ ކައިވެންޏަށް ވަނީ އަންހެން ކުއްޖަކުވެސް ލިބިފައެވެ. 2010 ވަނަ އަހަރު ކުރި މި ކައިވެނި ރޫޅުނީ 2017 ވަނަ އަހަރުއެވެ.

ޖެނިފާ އެނިސްޓަން މީގެ ކުރިން ވަނީ ދެ ކައިވެންޏެއް ކޮށްފައެވެ. އެގޮތުން އެކްޓަރ ކްރިސް ޕްރެޓް އާއި ޖެނިފާ ގެ ކައިވެނީ ރޫޅުނީ ފަސް އަހަރު އެކުގައި އުޅުމަށްފަހުއެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު އެކްޓަރ ޖަސްޓިން ތެރިއު އާއި ޖެނިފާ ކައިވެނި ކުރި ނަމަވެސް، އެ ކައިވެނި ވެސް ވަނީ 2017 ވަނަ އަހަރު ރޫޅިފައެވެ.

ކާމިޔާބު 10 ސީޒަނަށްފަހު 2004 ވަނަ އަހަރު ނިއްމާލި "ފްރެންޑްސް"ގައި ޑޭވިޑް އާއި ޖެން ކުޅެދިން "ރޭޗަލް" އަދި "ރޮސް"ގެ ޖޯޑަކީ ގިނަ ބައެއް ފޭވަރިޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ