ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ | ފޮޓޯ: މިހާރު

މައިމީހާގެ ފަރާތުން އަނިޔާ ލިބުނު ކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފި

އުތުރުގެ ރަށެއްގައި މައިމީހާ އޭނަގެ ދަރިންނަށް އަނިޔާކުރި މައްސަލައިގައި، އެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް ކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައިވާ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން އެޖެންސީ (ސީއެފްޕީއޭ) ވިދާޅުވެއްޖެއެވެ.

ސީއެފްޕީއޭ އިން ވިދާޅުވީ، އުތުރުގެ ރަށެއްގައި މަންމަގެ ފަރާތުން ކުޑަ ކުދިންތަކަކަށް ޖިސްމާނީ އަނިޔާ ލިބުނުކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެއް ރިޕޯޓު ކޮށްފަވާ ކަމަށަށެވެ.

އަދި މިކަމާއި ގުޅިގެން އެ އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް ކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައި ކަމަށް ސީއެފްޕީއޭ ވިދާޅުވިއެވެ.

އަންހެނަކު އޭނަގެ ދަރިންނަށް އަނިޔާކުރި މައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން ފުލުހުން ދަނީ ބަލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ