ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު އާއްމުކުރަން ފަށައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ޑިޖިޓައިޒްކޮށް ޝާއިއުކުރަން ފަށައިފިއެވެ.

މިގޮތަށް އަމަލުކުރަން ފަށައިފައި މިވަނީ ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރެއް އެންމެ ފުރަތަމަ ފަހަރަށް އެކުލަވާލައިފައި ވަނީ 2018 ވަނަ އަހަރުގައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެހީތެރިކަމާއެކު ޖެންޑާ މިނިސްޓްރީން ހެދި ދަފްތަރު ލޯންޗުކޮށްދެއްވީ އިއްޔެ އެ މިނިސްޓްރީގައި އޮތް ހަފްލާއެއްގައި، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި މި ދަފްތަރުގައި ކުށްވެރިންގެ މައުލޫމާތު ތަފާތު ހަތް ފިލްޓަރަކުން ފިލްޓާ ކުރެވެން ހުންނާނެއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިބާވަތުގެ ލިސްޓުތައް ހުންނަ ގޮތަށް، އެކި ފިލްޓަރު ތަކުން މީސްމީހުންގެ މައުލޫމާތު ބެލެން ހުންނާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، މި ދަފްތަރު ޑިޖިޓަލައިޒް ކުރުމުގެ މަގްސަދަކީ މީގެކުރިން މެނުއަލްކޮށް އަޅަމުންދިޔަ މައުލޫމާތު ލަސްކަމެއްނެތި ވަގުތުން އަދާހަމަކުރުން ކަމަށެވެ. އަދި އާންމުންނަށް ފަސޭހައިން މި ދަފްތަރުގައި ހުރި މައުލޫމާތަށް ވާސިލުވުން ކަމަށެވެ.

ޕީޖީ އޮފީހުގެ "އާމަހި" ވެބްސައިޓުން މި ދަފްތަރު ބަލައިލެވެން ހުއްނާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ