ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސްކާލެޓް ޖޮހޭންސަން އާއި ފިރިމީހާ ކޮލިން ޖޯސްޓްގެ ކައިވެންޏަށް ދަރިއަކު ލިބިއްޖެއެވެ.
ސްކާލެޓް ބަނޑުބޮޑުކަމުގެ ވާހަކަ މިދިޔަ ދެތިން މަސްތެރޭގައި ވަނީ ވަރަށް ގަދަ މީޑިއާގައާއި މީހުންގެ މެދުގައި ފެތުރިފައެވެ. މި ވާހަކަ އެންމެ ބޮޑަށް ފެތުރިފައިވަނީ، އޭނަގެ އެންމެ ފަހުގެ ފިލްމް "ބެލްކް ވިޑޯ"ގެ ގިނަ ޕްރޮމޯޝަނަލް އިވެންޓްތަކަކަށް ނުދިއުމާ ގުޅިގެންނެވެ. އޭރު މި ދެމަފިރިން މި ވާހަކަތަކަށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ.
ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ކޮލިން ޖޯސްޓް ވަނީ ބައްޕަ އަކަށް ވާން އުޅޭކަން ކަށަވަރުކޮށްދީފައެވެ. އަދި އެކަން ކަށަވަރުކޮށްދީ، މީޑިއާގައި ހަބަރު ފެތުރިފައި ވަނިކޮށް، ކޮލިން ދެންމެއަކު ވަނީ އޭނަގެ އިންސްޓަގްރަމް މެދުވެރިކޮށް އޭނަގެ އަލަތު ދަރިފުޅު ވިހައިފައިވާކަން ކަށަވަރުކޮށްދީފައެވެ.
ކޮލިން ހާމަކުރި ގޮތުގައި ސްކާލެޓް އަށާއި އޭނަ އަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ. އަދި ދަރިފުޅަށް ކިޔާ ނަމަކީ ކޮސްމޯ ކަމަށް ކޮލިން ހާމަކުރިއެވެ. އޭގެ އިތުރުން، ދަރިފުޅު ދެކެ ދެމީހުންވެސް ވަރަށް ލޯބިވާ ކަމަށާއި، ނަމަވެސް އަދި ދެމީހުންނަށް އަދި ޒާތީ މިނިވަންކަން ދިނުމަށް އިންސްޓަގްރަމްގައި ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

އެމެރިކަން ކޮމޭޑިއަން އެކްޓަރ އަދި ރައިޓަރ ކޮލިން ޖޮސްޓްގެ މިއީ އަލަތު ދަރިފުޅެވެ. ނަމަވެސް މިއީ ސްކާލެޓްގެ ދެވަނަ ދަރިފުޅެވެ. އޭނާ މީގެ ކުރިން ކުރި ކައިވެންޏަށް ވަނީ އަންހެން ކުއްޖަކު ލިބިފައެވެ. އެއީ ހަ އަހަރުގެ ރޯޒް އެވެ.
ސްކާލެޓް އާއި ކޮލިން ކައިވެނީގެ ގޮށްޖެހީ ވަރަށް ސިއްރުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
ކޮލިން ޖޮސްޓް އަކީ ސްކާލެޓްގެ ތިންވަނަ ކައިވެންޏެވެ. އޭނާ ފުރަތަމަ 2008 ވަނަ އަހަރު ކައިވެނި ކުރީ އެކްޓަރ ރަޔަން ރެނޯލްޑްސް އާއެވެ. 2011 ވަނަ އަހަރު ފުރަތަމަ ކައިވެނި ރޫޅުނުއިރު، 2014 ވަނަ އަހަރު އޭނާ ދެވަނަ ކައިވެންޏެއް ކުރީ ވިޔަފާރިވެރިއަކާ އެވެ. 2017 ވަނަ އަހަރު މި ކައިވެނި ރޫޅުނުއިރު އޭނަގެ ފުރަމަ ދަރިފުޅު ރޯޒް ލިބުނީ އެ ކައިވެންޏަށެވެ.




