ހޮލީވުޑްގެ އެކްޓަރ ޖޭސަން މޮމޯ، އޭނަގެ ކުޅެފައިވާ ކާމިޔާބު ޓީވީ ޝޯ "ގޭމް އޮފް ތްރޯންސް" ދަރިންނަށް ދައްކަން ބޭނުންނުވާކަން ހާމަކޮށްފިއެވެ.
ޖޭސަންގެ ކުރިއަށް އޮތް ފިލްމް ޖޭސަން ގެ ކުރިއަށް އޮތް ނެޓްފްލިކްސް ފިލްމް، "ސްވީޓް ގާލް" ޕްރޮމޯޓުކުރުމުގެ ތެރެއިން ޖޭސަން ބުނީ، އޭނަ ކުޅުނު ފުރަތަމަ ބޮޑު ފިލްމް ބޭވޮޗް އާއި ކާމިޔާބު ޓީވީ ޝޯ ގޭމް އޮފް ތްރޯންސް އޭނަގެ ދަރިންނަށް ދައްކަން އަދި ބޭނުންނުވާކަމަށެވެ.
ޖޭސަން މިހެން ބުނެފައިވާއިރު، ދަރިން ހޮލީވުޑާއި ގުޅުން ނުވަތަ ފިލްްމް ކުޅުމުގެ ވިޔަފާރީގެ ތެރެއަށް ވަނުމަކީވެސް އޭނާ އެހާ ބޭނުންވާ ކަމެއް ނޫންކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ޖޭސަން އާއި އޭނަގެ އަނބިމީހާ ލީސާ ބޮނެޓް ގެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ. އެއީ 14 އަހަރުގެ އަންހެން ދަރިފުޅު ލޯލާ އާއި 12 އަހަރުގެ ހަގު ފިރިހެން ދަރިފުޅު ނަކާއޯ ވުލްފް އެވެ.
ޖޭސަން ބުނީ، ފިލްމް ޑައިރެކްޓް ކުރުމާއި، އެކްޓް ކުރުމާއި އަދި ފިލްމް އުފެއްދުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި، ނަމަވެސް އޭނާ ބޭނުންވަނީ އޭނަގެ ދަރިން އެހެން ދާއިރާތަކުން ކުރިއަށް ދިއުމަށެވެ. ނަމަވެސް ޖޭސަން ބުނީ، އޭނަގެ ދަރިން ފިލްމީ ދާއިރާއިން ކުރިއަށް ދާން ބޭނުންނަމަ، އެކަމަށް ތާއިދުކުރާނެ ކަމަށާއި، ނަމަވެސް ބޮޑަށް އެދެނީ ދަރިން އެކްޓްކުރުމުގެ ކެރިއާއިން ކުރިއަށް ނުދިއުން ކަމަށެވެ.
ޖޭސަންގެ ކުރިއަށް އޮތް ނެޓްފްލިކްސް ފިލްމަކީ، އެކްޝަން ތްރިލާއެކެވެ. މި ފިލްމް އަދި ރިލިޒްކުރާ ގޮތަށް އޮތީ އަންނަ އޯގަސްޓް މަހުގެ 20 ގައެވެ.




