ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ވިއްކަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ވިދާޅުވީ، ވަރަށް އަވަހަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލާނެ ކަމަށާއި އެކަމާއި ގުޅޭ ތައްޔާރީތައްވަމުން އަންނަ ކަމަަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.
އެ ކުންފުނިން ވިދާޅުވީ، އެ މައުލޫމާތު އާންމުކުރާނީ ބިން ވިއްކުމަށް ހުޅުވާލާއިރުކަމަށެވެ.
ކުރީގެ ސަރުކާރުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ބޮޑު އާބާދީއަކަށް އަމާޒުކޮށްފައިވާ އެތަނުގައި ސޯޝަލް ހައުސިން އަށް 6،720 ފްލެޓާ އެކު ގިނަ އިމާރާތްތަކެއްގެ މަސައްކަތް ކުރަމުން އެބަދެއެވެ.
މިފަހަރު ބިން ވިއްކުމަށް ހުޅުވާލާއިރު މީގެ ކުރިން ހުޅުމާލެއިން ބިމެއް ގަނެފައިވާ މީހުންނަށް އެ ފުރުސަތެއް ނުލިބޭނެ އެވެ. މިފަހަރު ބިން ވިއްކާނީ މުޅިން އަލަށް ބިން ގަންނަ މީހުންނަށް އެކަންޏެވެ.




