މެލޭޝިއާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނެވި ޑެޕިއުޓީ އެމްބެސެޑަރ, ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލްޣައްފޫރު އެމަގާމުން ދުރުކޮށްފިއެވެ.
އެނގިފައިވާގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މެލޭޝިއާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނެވި ޑެޕިއުޓީ އެމްބެސެޑަރުގެ މަޤާމަށް އައްޔަނުކުރެއްވި ޣާނިޔާ އެ މަގާމުން ވަކިކުރައްވާފައިވަނީ މިއަދުއެވެ.
ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީއަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޖޭއެސްސީއަށް ހުށަހަޅުއްވާފައެވެ.
އަބްދުﷲ ދީދީގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެ ފުލުހުން ޖޭއެސްސީއަށް ސިޓީއެއް ފޮނުވުމުން އެ ކޮމިޝަނުން ވަނީ އޭނާ ސަސްޕެންޑުކޮށްފައެވެ.
ދާއިރާ އިން މަތީތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ޣާނިޔާ އެ މަޤާމަށް އައްޔަނުކުރުމުގެ ކުރިން އޭނާ ވަނީ ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައެވެ.