"ބޮން" ލަވަ ބަލައިފައި އަސަރުން ރޮވުނު: ނަޝީދު

"ޓްރެފިކްޖޭމް" ގެ ލީޑް ވޯކަލިސްޓް ކަޔާނޯ މީގެ ދެ ދުވަސްކުރިން ނެރުނު "ބޮން" ލަވަ ބަލައިފައި އަސަރުން ރޮވުނު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މި ލަވައަކީ މެއި 6 ގައި ރައީސް ނަޝީދުއަށް ދިން ޓެރެރިޒަމްގެ ހަމަލާއާއި ގުޅުވައިގެން ނެރުނު  ލަވައެކެވެ. މި ލަވަ ރިލީޒް ކޮށްދެއްވީ ވަނީ ރައީސް ނަޝީދުގެ މަންމާފުޅު އާބިދާ މުހައްމަދު އެވެ.

ނަޝީދު އިއްޔެ ކުރި ޓްވީޓެއްގައި ބުނީ، ކަޔާނޯ އާއި ބޭންޑް ގެ ހުރިހާ މެންބަރުންނަށްވެސް ވަރަށް ބޮޑަށް ތަހުނިޔާ ކިޔާ ކަމަށެވެ އަދި ވިދާޅުވީ އެމަނިކުފާނު ބަސް ހުއްޓިފައި އިނދެވެނީ މަދު ފަހަރަކު ކަމަށެވެ. ނަމަވެސް އެ ލަވަޔާއެކު ހުންނެވީ އަސަރުން ރޮވިފައި ކަމަށެވެ.

"މިވަގުތު މިއިނީ އަސަރުން ރޮވިފަ، އުފަލުން ހެވިފަ މަންޒަރު ފެނިފަ ހީބިހި ނަގާފަ،" ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.

"ހައެއްފަހެއް"ގެ ހަމަލާއިން ލިބިވަޑައިގެން ޒަހަމްތަކަށް ފަރުވާ ހޯދުމަށް އިނގިރޭސިވިލާތަތް ވަޑައިގެން ގޮތަށް ނަޝީދު އަދިވެސް ހުންނެވީ އެތަނުގައެވެ. އެމަނިކުފާނު ވަނީ ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ