ގދ. މަޑަވެލި

މަޑަވެލި މޮނިޓަރިންއަށް ލައި، މަކުނުދޫ އާއްމު ހާލަތަށް!

ކޮވިޑް-19 ގެ ކޭސްތައް ރަށުތެރެއިން ފެނި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އިތުރު ރަށެއް މޮނީޓަރިންއަށް ލައިފިއެވެ.

އެޗްޕީއޭއިން އިއްޔެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ގދ. މަޑަވެލި އެވެ. މި ރަށް މޮނީޓަރިންގެ ހާލަތަށް ލީއިރު، އެޗްޕީއޭ އިން ވަނީ މި މަހުގެ 16 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ލީ ހދ. މަކުނުދޫ ޢާއްމު ހާލަތަށް ގެނެސްފައެވެ.

މިއާއެކު މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ އަދަދު ވަނީ 17 އަށް އަރައިފައެވެ.

މި މަހު މޮނީޓަރިން އަށް ލައިފައިވާ ރަށްތަކުގެ ތެރެއިން މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަކީ، އއ. ހިމަންދޫ، އަދ. ހަންޏާމީދޫ، ހދ. ނެއްލައިދޫ، ހއ. އިހަވަންދޫ، ގދ. ތިނަދޫ، ގއ. މާމެންދޫ، ގއ. ކަނޑުހުޅުދޫ،، މ. މަޑުއްވަރީ، ކ. ގާފަރު، އަދި ޏ. ފުވައްމުލައް، އަދި ގދ. ގައްދޫއެވެ.

އޭގެ އިތުރުން މިދިޔަ ޖުލައި މަހު މޮނީޓަރިންއަށް ލީ ރަށްތަކުގެ ތެރެއިން، ކ. ކާށިދޫ، ށ. ފީވަށް، ހއ. ތަކަންދޫ، އަދި ދ. ކުޑަހުވަދޫ އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އަދި މިދިޔަ މެއި މަހު ގެ 25 ގައި އެޗްޕީއޭ އިން ބަންދުކުރި ރ. ދުވާފަރުވެސް އޮތީ މޮނީޓަރިން ގައެވެ.

ކޮވިޑް-19 ގެ ހާލަތު މިވަގުތު ކޮންޓްރޯލް ކުރެވިފައި އޮތްނަމަވެސް، އަތޮޅު ތެރޭގެ ރަށްތަކުން ޕޮޒިޓިވް ކޭސްތައް ފެންނަމުންދާލެއް އަންނަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ