ކޮވިޑް-19 ގެ ކޭސްތައް ރަށުތެރެއިން ފެނި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އިތުރު ރަށެއް މޮނީޓަރިންއަށް ލައިފިއެވެ.
އެޗްޕީއޭއިން މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އދ. މަހިބަދޫއެވެ. އެއާއެކު މިހާރު ރާއްޖެެއިން މޮނިޓަރިންގައި އޮތީ 17 ރަށެކެވެ.
މަހިބަދޫގެ އިތުރުން މި މަހު މޮނީޓަރިން އަށް ލައިފައިވާ ރަށްތަކުގެ ތެރެއިން މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަކީ، އއ. ހިމަންދޫ، އދ. ހަންޏާމީދޫ، ހއ. އިހަވަންދޫ، ގއ. ކަނޑުހުޅުދޫ، މ. މަޑުއްވަރީ، ކ. ގާފަރު، އަދި ޏ. ފުވައްމުލައް، ގދ. ގައްދޫ، ގދ. މަޑަވެލި، ތ.ވޭމަންޑޫ، ލ. މުންޑޫ، އަދި ށ. މިލަންދޫއެވެ.
އޭގެ އިތުރުން މިދިޔަ ޖުލައި މަހު މޮނީޓަރިންއަށް ލީ ރަށްތަކުގެ ތެރެއިން، ކ. ކާށިދޫ، ށ. ފީވަށް، އަދި ދ. ކުޑަހުވަދޫ އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އަދި މިދިޔަ މެއި މަހު ގެ 25 ގައި އެޗްޕީއޭ އިން ބަންދުކުރި ރ. ދުވާފަރުވެސް އޮތީ މޮނީޓަރިން ގައެވެ.
ކޮވިޑް-19 ގެ ހާލަތު މިވަގުތު ކޮންޓްރޯލް ކުރެވިފައި އޮތްނަމަވެސް، އަތޮޅު ތެރޭގެ ރަށްތަކުން ޕޮޒިޓިވް ކޭސްތައް ފެންނަމުންދާލެއް އަންނަނީ އިތުރުވަމުންނެވެ.



