"މެޓްރިކްސް 4" ގެ ޓްރެއިލާއާއި އެކު ޓައިޓަލް ނަން ހާމަކޮށްފި!

1999 އަހަރު ނުކުތް ސައިންސް ފިކްޝަން އެކްޝަން ފިލްމް “ދަ މެޓްރިކްސް” ސިލްސިލާގެ 4 ވަނަ ބައިގެ ޓްރެއިލާއާއިއެކު ފިލްމް ރިލީޒްކުރާ ތާރީހާއި އަދި މިފަހަރުގެ ފިލްމްގެ ޓައިޓަލް ނަން ހާމަކޮށްފިއެވެ.

މި ފިލްމްގެ ޓްރެއިލާ ދައްކާލީ، މި މަހުގެ 23 ގައި އޮތް ބޭރުގެ ފިލްމް އިންޑަސްޓްރީގެ ގްލޯބަލް އިވެންޓެއް ކަމުގައިވާ "ސިނަމާކޮން" ގައެވެ. ނަމަވެސް މި ޓްރެއިލާ އަދި އޮންލައިން ޕްލެޓްފޯމުތަކުގައި ރިލީޒްއެއް ނުކުރެއެވެ.

އެ އިވެންޓުގައި ފިލްމްގެ ޓްރެއިލާއާއެކު ފިލްމްގެ ޓައިޓަލް ނަން ހާމަކޮށްފައިވެއެވެ. ވާނާ ބްރޯސް އިން ހާމަކުރި ގޮތުގައި، މި ފްރެންޗައިޒް ފިލްމްގެ ޓައިޓަލް ނަމަކީ "ދަ މެޓްރިކްސް ރިޒަރެކްޝަންސް" އެވެ.

16 އަހަރު ފަހުން މެޓްރިކްސް ސިލްސިލާގެ 4 ވަނަ ބައެއް ނެރޭއިރު، މިހާތަނަށް މި ސިލްސިލާގެ 3 ފިލްމެއް ނުކުމެފައިވެއެވެ. އެއީ 1999 ވަނަ އަހަރު ނުކުތް “ދަ މެޓްރިކްސް”، 2003 ވަނަ އަހަރު ރިލީޒްކުރި “ދަ މެޓްރިކްސް ރީލޯޑެޑް” އަދި “ދަ މެޓްރިކްސް ރިވޮލިޔުޝަންސް”އެވެ.

މެޓްރިކްސްގެ ކުރީ ފިލްމްތަކުގެ ލީޑުންވެސް ފެނިގެންދިޔަ ތަރިންކަމުގައިވާ “ކިއާނު ރީވްސް” އަދި “ކެރީ-އެނެ މޮސް” ފިލްމްގައި ކުރިން ފެނިގެންދިޔަ “ނިއޯ” އަދި ޓްރިނިޓީ”ގެ ރޯލު އަދާކުރާނެއެވެ. އަދި “ހައު އައި މެޓް ޔުއާ މަދާ” ގައި “ބާނީ” ގެ ރޯލު ކުޅެގެން މަޝްހޫރުވި އެކްޓަރު ނީލް ޕެޓްރިކް ހެރިސްވެސް މެޓްރިކްސްގެ 4 ވަނަބައިގައި މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން މި ފިލްމްގެ ކާސްޓުގައި ޕްރިޔަންކާ ޗޯޕުރާއާއި، ޔަހުޔާ އަބްދުލް މަތީން ވެސް ފެނިގެންދާނެއެވެ.

“މެޓްރިކްސް 4″ގެވެސް ވާހަކަ ލިޔެ އަދި ޑައިރެކްޓްކުރާނީ މިފަހަރުވެސް ކުރީގެ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ފިލްމްގެ ޑައިރެކްޓަރ “ލާނާ ވަޗައުސްކީ”އެވެ.

މި ފިލްމް ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ ޑިސެމްބަރު 22 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ