މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމުގެ އިންޒާރުދީފި

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމުގެ އިންޒާރުދީފިއެވެ.

ހައިޖެކް ކުރާނެކަމުގެ އިންޒާރު ދީފައިވަނީ މިރޭ 20:55 ގައި ފުވައްމުލަކުން މާލެއަށް ދަތުރުކުރުމަށް ފުރުމަށް ޝެޑިއުލް ކުރެވުނު މޯލްޑިވިއަންގެ ފްލައިޓަށެވެ.

ދިވެހި ފުލުހުން ވިދާޅުވީ، ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެކަމަށްބުނެ މީހަކު އިންޒާރުދިން މައްސަލައެއް މިރޭ 20:50 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވީނަމަވެސް، މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

އޮންލައިން ނޫސް "ފުވައްމުލައް ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އިންޒާރު ދީފައިވަނީ އެއާޕޯޓަށް މުދާ ކާގޯކުރަން ދިޔަ މީހެކެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.

އެނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުދާ ކާގޯ ކުރަންދިއަ ފަރާތުން އޭވިއޭޝަން ސެކިއުރިޓީ ކައިރީގައި، ފުލައިޓް ހައިޖެކް ކުރާނެކަމަށް ބުނުމުން، އެފަދަ ނުރައްކާތެރި ވާހަކަ ނުދެއްކުމަށް ސެކިއުރިޓީން ނަސޭހަތްތެރިވި ނަމަވެސް، އެމީހާ ވަނީ ހައިޖެކު ކުރާނެކަމަށް ތަކުރާރުކޮށް ބުނެފައެވެ.

މިކަމާއި ގުޅިގެން 20:55 ގައި ފުރަން އޮތް މި ފްލައިޓަށް ފުވައްމުލަކުން ފުރިފައިވަނީ މިރޭ 23:55 ހާއިރުއެވެ. މިކަމުގައި މޯލްޑިވިއަންއިން އަދި ބަހެއް ވިދާޅުވެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ