އެމްޑީޕީ އޮފީހުގައި މާރާމާރީއެއް ހިންގާ، އަންހެންނެއްގެ ބޯ ފަޅާލައިފިއެވެ.
މި މާރާމާރީ ހިނގީ ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ތެރޭގައެވެ.
ފުލުހުން ވިދާޅުވީ، ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީއެއް ހިނގިކަމުގެ މައުލޫމާތު މިއަދު 12:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މާރާމާރީގައި 50 އަހަރުގެ އަންހެނަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އަނިޔާވި އަންހެންމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.



