ގްރޭޓާ މާލެ ސަރަހައްދުގައި ހުރި ރަށްތައް ގުޅާލަން ހިންގާ މާލެ-ތިލަފުށި ބްރިޖް ބިނާކުރުމަށް އެންމެ ޤާބީލީ އިންޑިއާގެ އެފޮކޮންސް އިންފްރަސްޓްރަކްޗާ ކުންފުނި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާލެ-ވިލިމާލެ އަދި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލައި "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް(ޖީ.އެމް.ސީ.ޕީ)" އިންޑިއާގެ އެފޮކޮންސް އިންފްރަސްޓްރަކްޗާ ކުންފުންޏާއި ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.
ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މި މަޝްރޫޢު އިންޑިއާގެ އެފްކޮން ކުންފުންޏާއި ހަވާލުކުރުމުން ބައެއް މީހުން ވަނީ އެ ކުންފުނީގެ ކޮލިޓީއާއިމެދު ސުވާލު އުފައްދާ ބައެއް ވާހަކަތައް ފަތުރައިފައެވެ.
The Mistry family has built bridges all over the world for generations, as seen in the photos. Their company @AFCONSInfra are undoubtedly the most capable and competent people to build the causeway and bridge between Malé/Viligili/GulhiFalhu and Thilafushi. pic.twitter.com/yRPOmiqPp3
— Mohamed Nasheed (@MohamedNasheed) September 2, 2021
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފްކޮން ކުންފުނިން ވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް ޖީލުތަކެއް ވަންދެން ބްރިޖްތައް ބިނާކޮށްފައި ކަމަށެވެ. އަދި އެފްކޮން ކުންފުނި ތަކުން އަޅައިފައިވާ ބައެއް ބްރިޖްތަކުގެ ފޮޓޯތައްވެސް ނަޝީދު ވަނީ މި ޓްވީޓުގައި ހިއްސާކުރައްވައިފައެވެ.
ނަޝީދު ވިދާޅުވީ، އެފްކޮން ކުންފުނީގެ ޓީމަކީ ރާއްޖޭގެ މާލެ-ތިލަފުށި ބްރިޖް ގާއިމްކުރުމަށް އެންމެ ގާބިލް އަދި އެކަށީގެންވާ ކުންފުނިކަމާއި މެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ.
އެފްކޮންއަކީ އައްޑޫގެ މަގުތައް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމްކުރަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިއުލާންކޮށްފައިވާ އެންމެ ބޮޑު މަޝްރޫއަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖުތަކާއި ކޯޒްވޭތަކުން ގުޅުވައިލުމަށް ހިންގާ ބޮޑު މަޝްރޫއެވެ. "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"، (ޖީ.އެމް.ސީ.ޕީ) ގެ ނަމުގައި މި މަޝްރޫއު ކުރިއަށް ގެންދަން އިންޑިއާ އިން ވަނީ 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް އިންޑިއާ އިން ވަނީ ދީފައެވެ. އަދި ސަރުކާރުން މި އަހަރަށް ކަނޑައެޅި ބަޖެޓުގައި މި ބްރިޖަށް 411 މިލިއަން ހިމަނާފައިވެ އެވެ.
2 Responses
ގޫމުޑާމަނިކުފާނުކުރިންވެސްބުނީ ބުރުޖުނޭޅޭނޭ ކިހިނެއްހޭއަޅާނީ ދެން މިހާރުކީކޭތިކިޔަނީ ތީއަކީ މިރާއްޖެމީހު ގުނުމުގަހިމަނާމީހެއްނޫން ތިތަރިއޮސެއްޖެ
ކިތަންމެ ގާބިލުބަޔަކަސް ކައިރި މުސްތަގުބަލެއްގައި ތިކަން ވާނެހެނެއް ހިއެއްނުވޭ.