ގއ. ކަނޑުހުޅުދޫ- ފޮޓޯ: ސަން/ މުޒައްޔިން ނާޒިމް

ކަނޑުހުޅުދޫގައި އަންހެނުންތަކެއް މާރާމާރީ ހިންގައިފި

ގއ. ކަނޑުހުޅުދޫގައި އަންހެނުންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގާ އެކަކު ޒަހަމްކޮށްލައިފިއެވެ

މި މާރާމާރީގައި އަނިޔާޥެފައިވަނީ 22 އަހަރުގެ އަންހެނަކަށެވެ.

ފުލުހުން މި ނޫހަށް ވިދާޅުވީ، ކަނޑުހުޅުދޫގައި މިއަދު މާރާމާރީއެއް ހިންގައިފައިވާ ކަމުގެ މައުލޫމާތު 10:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި މި މާރާމާރީގައި 22 އަހަރުގެ އަންހެނަކަށް އަނިޔާވެފައިވާކަމަށެވެ.

އަނިޔާ ލިބުނު އަންހެން ކުއްޖާއަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އޭގެ އިތުރުން ފުލުހުން ވިދާޅުވީ މި މާރާމާރީ ހިނގީ އެ ރަށު އަންހެނުންތަކެއްގެ މެދުގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1212
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ