އެމްޑީޕީގެ ކޮމާންޑަރ

މަޝްހޫރު އެމްޑީޕީގެ ކޮމާންޑަރ ނިޔާވެއްޖެ

އެމްޑީޕީގެ ކޮމާންޑަރުގެ ގޮތުގައި އާއްމުންގެ ތެރޭގައި މަޝްހޫރު އާދަމް މޫސާ (އާދަމްބެ) ނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާދަމްބެ ނިޔާވެފައި ވަނީ ރޭ ފަތިހު 4:30 ހާއިރު އިންޑިއާގެ ޓްރިވެންޑްރަމްގެ ޖީޖީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އާދަމް މޫސާ އާންމުގޮތެއްގައި އެމްޑީޕީގެ މުޒާހަރާތަކުން ފެނިފައިވަނީ ޖެހިލުންކުޑަ، ކެރޭ ފަރާތެއްގެ ގޮތުގައެވެ. އާދަމްއަށް އެމްޑީޕީގެ ކޮމާންޑަރުގެ ލަގަބު އެރުވުނީ، ފުލުހުން އަދި ސިފައިންނަށް ކޮމާންޑަރުން ތިބޭފަދައިން އޭނާއަކީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ކޮމާންޑްކުރަން ހުންނަ ފަރާތަކަށް ވާތީއެވެ.

އާދަމްބޭގެ މަރުގެ ޚަބަރާއެކު އެމްޑީޕީގެ އިސް ފަރާތްތަކާއި މަޖިލިސް މެންބަރުންވެސް އަދި އާއްމު މެންބަރުންވެސް މީސްމީޑިއާގައި ހިތާމަފާޅުކުރަމުން އެބަދެއެވެ.

މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައިވެސް އާދަމްބެގެ ހާލު ސީރިއަސްވެގެން އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
3

ހިޔާލު

  1. ޔޫސުްފް

    އާަންބެ ނުޔާވުމުން M.D.P އަށް އެ މަޤާމު ފޫބެއްދުމަށް ވަރަށް އުދަގޫވާނެ ކަމެއް [އާދަންބެއަށް ސުވަރުގަޭގެ ދަާއިމީ ނިޢްމަތް ދެއްވާށި އާމީން.

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް