އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެހެން މީހެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާ ކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، އެމީހާ އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެކައުންޓުން 180000 ރުފިޔާ އެހެން މީހެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާފައިވާ ކަމަށެވެ.
ފުލުހުން ވަނީ ތުހުމަތު ކުރެވޭ އެ އަންހެންމީހާގެ ވީޑިއޯއާއި ފޮޓޯވެސް އާއްމުކޮށްފައެވެ. ވީޑިއޯއިން ފެންނަނީ ކަޅުކުލައިގެ ދިގު ހެދުމެއް އަދި ގަދަ ނޫކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އަންހެނެކެވެ.
އެމީހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅާ އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.




