ރައީސްގެ ދަތުރު މިފަހަރު ށ. އަތޮޅާއި ރ. އަތޮޅަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަތޮޅުތެރެއަށް ކުރައްވާ ސިލްސިލާ ދަތުރުތަކުގައި މާދަމާ ށ. އަތޮޅާއި ރ. އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ށ. އަތޮޅާއި ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅަށް ރައީސް ސޯލިހް މާދަމާ ފުރާވަޑައިގަންނަވާނެ ކަމަށެވެ.

މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ށ. އަތޮޅުން ފުނަދު އާއި ޅައިމަގާއި ފޯކައިދު އާއި މާއުނގޫދު އަށް ކަމަށެވެ. އަދި ރ. އަތޮޅުން ވާދު އާއި އަލިފުއްޓާއި ރަސްގެތީމާއި އަނގޮޅިތީމަށް ރައީސް ވަޑައިގަންނަވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދެ އަތޮޅުގެ އަށް ރަށުގައި ރައީސް ތިން ދުވަސް ހޭދަކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ އެވެ. މި ކޮވިޑް-19 އަށް ފަހު ރައީސް ރާއްޖޭގެ އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުތަކެކެވެ. ކުރިއަށް އޮތްތާގައިވެސް ވަގުތު އޮތް ވަރަކުން އިތުރު އަތޮޅުތަކަށް ރައީސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ