އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ބަލިވެއިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޖެންޑާއިން ވިދާޅުވީ، މި މައްސަލައިގައި މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މިކަމުގައި ދެން ޝާމިލް ވަނީ ވެސް 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށެވެ.
މާލެ ސަރަހައްދުން ފެންމަތިވި އެ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ އިއްޔެއެވެ.
މިނިސްޓްރީން ވިދާޅުވީ، އެ ދެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުން ދާކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތާއިއެކު ދެކުދިންގެވެސް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެކަމަށެވެ.
އެ ދެ އާއިލާއަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ޗައިލްޑް އެންޑް ޕްރޮޓެކްޝަން އޭޖެންސީގެ އިޖުތިމާއީ ހިދުމަތްތެރިން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި މައްސަލައިގައި ހިމެނެނީ ކުޑަކުދިން ކަމުގައި ވާތީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނުގެ ދަށުން، އެ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު ނުފެތުރުމަށް ޖެންޑާ މިނިސްޓްރީން ވަނީ އެދިފައިވެއެވެ.





ހިޔާލު
?kudakudhin balive idheytha