ފޮޓޯ: ދަ އެޑިޝަން

މޭޔަރު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ތުރުކީއަށް

މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ރަސްމީދަތުރުފުޅެއްގައި ތުރުކީއަށް ރޭ ފުރާވަޑައިގެންފިއެވެ.

މުއިއްޒު ވިދާޅުވީ، މިދަތުރުގެ މަޤްޞަދަކީ ތުރުކީގެ ސިޓީތަކުގެ މޭޔަރުންނާއި ބައްދަލްކޮށް އެ ސިޓީތަކާއި ގުޅުންބަދަހިކޮށް، މާލޭ ސިޓީއާއި ގުޅުންހުރި އެކި ކަންކަމަށް އެހީތެެރިކަން ހޯދޭނެމަގު ފަހިކުރުން ކަމަށެވެ.

އިއްޒުގެ މި ދަތުރުފުޅަކީ މާލޭގެ މޭޔަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މުއިއްޒު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ