ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންގެ މުސާރަ ބޮޑު ނުކޮށްދިނުމުން ޕައިލެޓުން ކުރަމުން އައި އިހުތިޖާޖު ނިއްމާލައިފައިވަނިކޮށް، ޕައިލެޓުންނާއ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފިއެވެ.
އީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޕައިލެޓުންނާއެކު ބައްދަލުވުމެއް ބާއްވާފައި ވަނީ މިއަދު މެންދުރު 12:00 ޖެހި އިރު ރައީސް އޮފީހުގައި ކަމަށެވެ. އަދި މި ބައްދަލުވުމުގައި ޕައިލެޓުން އެމީހުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައިވާ ކަމަށެވެ.
މޯލްޑިވިއަންގައި މަސައްކަތް ކުރާ ޕައިލެޓުންގެ މުސާރަ ބޮޑު ކޮށްދޭނެ ކަމުގެ ޔަގީންކަން އައިލެންޑް އޭވިއޭޝަނުން ދީފައިވާތީ އިޖުތިޖާޖު ހުއްޓާލައިފައިވާ ކަމަށް ޕައިލެޓުން މިހާރު ވަނީ އަންގައިފައެވެ.
ޕައިލެޓުން އިހުތިޖާޖުކޮށްފައިވަނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެމީހުންގެ މުސާރަ ކުޑަކުރުމަށްފަހު، ޕައިލެޓުންގެ މުސާރަ ކުރިން ހުރިވަރަށް އަލުން އިއާދަ ނުކޮށްދީގެންނެވެ.
ޕައިލެޓަކު ބުނި ގޮތުގައި އައިލެންޑެ އޭވިއޭޝަންގެ މެނެޖިން ޑިރެކްޓަރު މުހަންމަދު މިހާދު ރޭ ވަނީ ޕައިލެޓުންނާ ބައްދަލު ކުރައްވާ އަންނަ މަހުން ފެށިގެން މުސާރަ 80 ޕަސެންޓަށް ބަދަލު ކުރުމަށާއި އަދި ޖެނުއަރީން ފެށިގެން ހަމަ މުސާރައަށް އިއާދަ ކޮށް ދެއްވަން އެއްބަސްވެފައެވެ.
								
											


														
														
														
														
														
														