ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގ: ފޮޓޯ - މިހާރު

ވެލާނާގެ ނަން "ތެނަދޫ ވެލާނާގެ"އަށް ބަދަލުކުރަން އެރަށު ކައުންސިލުން ހުށަހަޅައިފި

1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލުމާ ގުޅިގެން ތިނަދޫއަށް އެކި ގޮތްގޮތުން ލިބުނު ގެއްލުމުގެ ބަދަލުގައި ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މަޢާފަށް އެދި، މާލޭގައި ބިނާކޮށްފައިހުރި ވެލާނާގޭގެ ނަން ބަދަލުކުރުން ހިމެނޭ ގޮތަށް ގިނަ ކަންތައްތަކެއް ބަދަލުގައި ހޯދުމަށް ތިނަދޫ ކައުންސިލުން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފިއެވެ.

ތިނަދޫ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 02 ވަނަ ކުއްލި ބައްދަލުވުމުގައި ކައުންސިލް ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ތިނަދޫ ކައުންސިލުން ވިދާޅުވީ، މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ ތިނަދޫ ރައްޔިތުންނާ މެދު އެއިރުގެ ސަރުކާރާއި ބޮޑު ވަޒީރު ކަމުގައި ހުންނެވި އިބްރާހިމް ނާސިރު ދީފައިވާ ގެއްލުމުގެ ބަދަލު ހޯދައި ރައްޔިތުންނަށް ހައްގު ހޯދައިދިނުން ކަމަށެވެ.

މި މައްސަލައިގައި ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މަޢާފަށް އެދި މާލޭގައި ބިނާކޮށްފައިހުރި ވެލާނާގޭގެ ނަން “ގދ.ތެނެދޫ ވެލާނޭގޭ”ގެ ނަމަށް ބަދަލުކޮށްދިނުމުގެ އިތުރުން ގިނަ ކަންތައްތަކެއް ވަނީ ހުށަހަޅައިފައެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް ހުށަހަޅާ ކަންކަން:

  • ތިނަދޫ މީހުން ރަށުން ބޭލި މައްސަލަ ތަހުގީގުކޮށްދިނުން
  • ތިނަދޫ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައިވާ އިންސާނީ އެންމެހައި ހައްޤުތައް ހޯދައިދިނުން
  • ތިނަދޫއިންގެއްލިފައިވާ މުއްސަދިކަން އާރޯކުރުމަށް 100 އަހަރުގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައިލުން
  • ތިނަދޫ ރައްޔިތުންގެ ކިބައިން ދިވެހި ދައުލަތުން މަޢާފަށް އެދުން
  • ތިނަދޫ ރައްޔިތުންނަށް އެކަމުގެ ބަދަލު ހޯދައި ދިނުމާއި އަދި އެ “ޤަތުލުޢާންމު”ގައި ބައިވެރިވި ފަރާތްތަކުގެ މުދަލާއި ބިންތަކުގެ 50 އިންސައްތަ ފައިދާ ދާއިމީ ގޮތެއްގައި ތިނަދޫ ރައްޔިތުންނަށް ލިބިދުނުމަށް އެދުން
  • މާލޭގައި ބިނާކޮށްފައިހުރި ވެލާނާގޭގެ ނަން “ގދ.ތެނެދޫ ވެލާނޭގޭ”ގެ ނަމަށް ބަދަލުކޮށްދެއްވުމަށް އެދުން

ވެލާނާ ގެއަކީ ދައުލަތަށް ނަގާފައިވާ އިބްރާހިމް ނާސިރުގެ ގެކޮޅެވެ.

މިލިޔުން ކިޔާލުމުން
192
ގުޅުންހުރި ލިޔުންތައް

4 Responses

  1. ވިކްޓިމް އޮފްް 2012/2/8 ބަގާވަތް

    ތިނަދޫ ކައުންސިލް ގައި ތިބީ ބޯހަމަޖެހޭ ބައެއްތަ. ދައުލަތުން މާފައް އެދޭކައް ނުޖެހޭ ސަރކާރުން މައާފައް އެދެން ޖެހޭނީ. ތިޔަ ބަދަލު ހޯދަން އެދުނު ގޮތައް 8 ފެބްރުއަރީ 2012 ވަނނަ ދުވަހު ދައުލަތުގެ މުދަލައް ދިން ގެއްލުމުގެ ބަދަލު ތިނަދޫ ރައްޔިތުން ކިބައިން ވެސް ހޯދަންޖެހޭ. 8 ފެބްރުއަރީ 2012 އެމްޑިޕީ އިން މުޅި ރާއްޖޭގައި ބަގާވަތްކޮއް ދައުލަތުގެ މުދަލައްވަނީި ބިލިއަން ރުފިޔާ އިން ގެއްލުންދީފައި މި ބަގާވަތުގައިތިނަދޫ އެކަމުގައި ބައިވެރި ވި މީހުނާ އޭރުގެ ކައުންސިލް މެމްބަރުން ގެ ވެސް މުދާ ދައުލަތައް ނަގަންޖެހޭ ބަދަލު ގެ ގޮތުގައި

  2. ޜިޔާ

    ތިނަދޫން މީހުން ބޭލީ ނާސިރު ކަމަށް ވީއިރު ކީއްވެ ތޯ ނާސިރު މަރުވަންދެން ބަދަލް ހޯދަން މަސަތްކައި ނުކޮއް މަޑުކުރީ؟؟؟! ޞަދަލް ހޯދަން ބޭނުން ނަމަ ނަސިރު ގޮވައިގެން ދައުވާ ކުރަން ވީ ނުން ތޯ.

  3. ބުލްބުލް

    ސޮރީ ތިކަން ނެތްވާކަށް.
    ސައިޒުގަ ތިބޭ.

  4. އާދަނު

    ތިކަމެއްވީ އަމިއްލަ ދައުލަތެއް ހާދާ ވަކިވާން އުޅުމުން މި މުޅި ރާއްޖޭގެ ގަވެސް އެންމެ އަމިއްލަ އެދުން ބޮަދު އަދި ބޮޑާ މީހުން އުޅޭ އަތޮޅެއްތީ،

    1
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ