ކުޅުދުއްފުށީ އެއާޕޯޓް ޓަރމިނަލް - ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ކުޅުދުއްފުށި އެއާޕޯޓަށް ވެހިކަލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީގައި ތަރައްޤީކުރަމުންދާ އެއަރޕޯޓަށް ދެ ވެހިކަލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ރީޖަނަލް އެއާޕޯޓްސް އިން އިއުލާން ކޮށްފިއެވެ.

ރީޖަނަލް އެއަރޕޯޓްސް އިން ކުރެއްވި އިއުލާނުގައި ބުނެފައިވަނީ، ކުޅުދުއްފުށީ އެއާޕޯޓަށް ވެހިކަލް ސަޕްލައި ކޮށްދިނުމަށް ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 26 ޖޫން ވާ ބުދަ ދުވަހުގެ 11:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ޖުލައި ވާ އަންގާރަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުން ވަނީ ކޮން ވައްތަރެއްގެ ވެހިކަލެއް ކަމެއް އިއުލާނުގައި ބަޔާންކޮށްފައެއް ނުވާއިރު، ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މިމަހު ހުޅުވާލާނެކަމަށް ރީޖަނަލް އެއާޕޯޓް އިން ކުރިން ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ ޕަސެންޖަރ ޓާރމިނަލް ހެދުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، މިމަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެ ކަމަށާއި ޖުލައި މަހު އާންމު ދަތުރުތައް ފަށާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި ހަދާފައި ވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ