ފިޔަވަތީގެ ކުދިންތަކެއް ފުރާޅުމައްޗަށް އަރާ-- ފޮޓޯ: އަވަސް

ކުދިން ކުރާ ކަންކަން ބަލާ، ފޮޓޯ ނެގުމުން ކުދިން އިތުރަށް ޓްރިގާ ވާނެ: ޖެންޑާ

ހުޅޫމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތި"ގައި އުޅޭ ކުދިންތަކެއް އެ އިމާރާތުގެ ފުރާޅަށާއި ފާރުމައްޗަށް އިއްޔެ އަރާ އުޅުނު މައްސަލައިގައި، އެ ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯ އާއި ވީޑިއޯ ނަގާ، އެ މަންޒަރު ބަލަން ހުރުމަކީ ކުދިން އިތުރަށް ޓްރިގާ ވާނެ ކަމެއް ކަމުގައި ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑާގައި ތިބޭ ކުޑަކުދިން އެތަނުގެ ފުރާޅަށާއި ފާރުމައްޗަށް އަރާ ގެއްލުން ދީ، އަޑުގަދަކޮށް ހަދާ މައްސަލައަކީ މިފަހަކުން އާއްމުވެފައިވާ މައްސަލައެކެވެ. އެގޮތުން އިއްޔެވެސް ބައެއް ކުދިންގެ ފަރާތުން މި އަމަލު ތަކުރާރުވެފައިވާއިރު، ރޭ ވަނި އެތަނުގައި ހުޅުވެސް ޖަހައިފައެވެ. ނަމަވެސް ފުލުހުން ވަނީ އަލިފާން ގަނޑު ބޮޑުވުމުގެ ކުރިން ނިއްވާލައިފައެވެ.

މި މައްސަލައިގައި ޖެންޑާ އިން ރޭ ވަނީ ބަޔާނެއް ނެރެފައެވެ. ޖެންޑާ އިން ވިދާޅުވީ،  ވޭދުވެދިޔަ 3 ދުވަހު އެމަރުކަޒުގައި ބައެއްކުދިންގެ ފަރާތުން ފެންނަ ކަންތަކާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސް އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޓީމެއް ގުޅިގެން މަސައްކަތްތަކެއް ވަނީ ފަށާފައިކަމަށެވެ.

އަދި އިއްޔެވެސް މިނިސްޓްރީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މުވައްޒަފުން އެމަރުކަޒުގެ ކުދިންނާއި މުވައްޒަފުންނާއި އެކު މަސައްކަތްކުރަމުން ދިޔަ ކަމަށާއި، ފިޔަވަތީގައި މިހާރު ހިނގަމުންދާ ކަންތައްތައް މެދުވެރިވާ ސަބަބުތައް ހޯދާ އެކަމާމެދު އާންމު ރައްޔިތުން ކަންބޮޑުވުން އޮންނާނެކަން ގަބޫލުކުރައްވާ ކަމަށެވެ.

"ނަމަވެސް، ހާދިސާގައި ހިމެނޭ ކުދިންގެ ފޮޓޯނެގުމާއި، ވީޑިއޯކުރުމާއި، މީހުން އެއްވެ ކުދިން ކުރާ ކަންކަން ބަލަން ތިބުމަކީ، ކުދިން އިތުރަށް ޓްރިގާ ވާނެކަމެއްކަން ފާހަގަކުރަމެވެ." ޖެންޑާ އިން ވިދާޅުވިއެވެ.

އެހެންކަމުން، ހުރިހާފަރާތްތަކުން ވެސް ކެތްތެރިކަން އިސްކޮށް ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމަށާއި ޖެންޑަރ މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރުމުގައި އެންމެހާ ފަރުދުންގެ އެއްބާރުލުން ދިނުމަށް އެދޭކަމަށް ވަނީ ބުނެފައެވެ.

ރޭ ފިޔަވަތީގައި ހިނގާ ދިޔަ ހާދިސާގައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފިޔަވަތީގެ ކުދިންނާ ބައްދަލުކުރަން ނިންމައިފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. ފެކްޓްސް

    މިހާރު ނުވެއޮތް ޓްރިގަރ އެއް އަލަކުން ވަަނެ ކަމަކަށް ނުފެނޭ… ތިމާމެންގެ ފެއިލިއަރ ފޮރުވަން ގިނަ ވާހަކަ ދައްކާނެކަން އަހަރުމެން ނުކިޔަވާތިބި މީހުންނަށް ވެސް އިނގޭ…. ކުފޫހަމަނުވާ އަމިއްލަ އެދުންބޮޑު މީހުންނަށް ބޮޑެތި މަގާމުތައް ހަވާލުކުރީމަ ފެންނާނެތަން މިފެންނަނީ

  2. އަލިފު ޙާ!

    ޓްރިގާ އެއީ ގަހެއްގައި އަޅާ މޭވާ އަކަށް ކިޔާނަމެއްތަ! ކަންކަން ހައްލު ކުރަން ނު އެގެންޏާ ގެއަށްގޮސް ބަދިގޭތެރޭގައި އޮއެބަލަ!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ