ވެމްކޯއަށް ދައްކަންޖެހިފައިވާ 30 މިލިއަން ރުފިޔާ ދެއްކުމަށް ބަޖެޓަށް އެދިފައިވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ، 30.5 މިލިއަން ރުފިޔާ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަން އެބަހުރި ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުލްހަލީމް އަބްދުލްޣަފޫރު ވިދާޅުވުމާއި ގުޅިގެންނެވެ.
މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވެމްކޯއަށް ދައްކަންޖެހިފައިވާ 30 މިލިއަން ރުފިޔާއަކީ މިހާރުގެ ސިޓީ ކައުންސިލުން 17 މެއި 2021 ގައި ކައުންސިލާ ޙަވާލުވިއިރުވެސް ދައްކަންޖެހިފައިވާ ފައިސާއެއް ކަމަށެވެ.
"ވެމްކޯއަށް ދައްކަންޖެހިފައިވާ 30 މިލިއަން ރުފިޔާ އަކީ އަޅުގަނޑުމެން ކައުންސިލާ 17 މެއި 2021 ގައި ހަވާލުވިއިރު ވެސް ދައްކަން ޖެހިފައިވާ ފައިސާއެއް. އެ ފައިސާ ދައްކަން ބޭނުންވާ ބަޖެޓަށް ވާނީ އެދިފައި،" މުއިއްޒު ވިދާޅުވިއެވެ.
ވެމްކޯއިން ވިދާޅުވީ، ފަހުގެ ހިސާބުތަކަށް ބަލާއިރު 30.5 މިލިއަން ރުފިޔާ ސިޓީ ކައުންސިލުން ވެމްކޯއަށް ދައްކަން އެބަހުރި ކަމަށާއި، އެހެންނަމަވެސް ދެ ފަރާތުގެ ފައިސާއާއި ބެހޭ މުއާމަލާތްތައް ވަރަށް ރަނގަޅު ކަމަށެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގާ އުސޫލަށް ގެނައި ބަދަލާއެކު ކުނި ނަގަން ފަށައިފައިވަނީ ހިދުމަތަށް ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުގެ ވަކި ވަކި ފަންގިފިލާތަކުންނެވެ. މިގޮތަށް އަމަލުކުރަން ފެށުމާއެކު އެ ދުވަހު ވަނީ ރަޖިސްޓްރީ ނުކޮށް ހުރި ގޭބިސީތަކުން ކުނި މަގުމައްޗަށް ނެރިފައެވެ. އަދި މަގުމަތީގައި ހުރި ކުނި ވެމްކޯއިން ނުނަގައެވެ.
އެހެންކަމުން ވެމްކޯއިން ޒިންމާ ނުއުފުލާކަމަސް ބުނެ ސިޓީ ކައުންސިލުން ވަނީ މަގުމަތީގައި ވާ ކުނިތައް ނަގަންފަށައިފައެވެ. މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ދެ ފަރާތުންވެސް ވަނީ ނޫސްވެރިންނާއި ބައްދަލުކޮށްފައެވެ.
އެގޮތުން ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާލެ ސަރަހައްދުގެ ގޭބިސީތަކުން މަގުމައްޗަށް ކުނި ނުނެރި، ހިދުމަތަށް ރެޖިސްޓްރީ ކުރުމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވަނީ އިލްތިމާސްކުރައްވައިފައެވެ. އެގޮތުން ހިދުމަތަށް ރެޖިސްޓްރީ ވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް މާލޭގެ ދިރިއުޅޭ މީހުންނަށް އިތުރު ކޮށްފައިވާ ކަމަށް އެމްޑީ ވަނީ ވިދާޅުވެފައެވެ.
ވެމްކޯގެ އިލްތިމާސް: މަގުތަކަށް ކުނި ނުނެރި، ހިދުމަތަށް ރަޖިސްޓްރީ ކުރޭ!





ހިޔާލު
ސިޓީކައުންސިލްގެެ މަސައްކަތައްް ފަޚުރުވެރިކަމާއިއެކުު ބަލައިގަންނަންް އެންނަމަވެސްް ވެމްކޯޯ އިންް ކަންކަންް ކުރެއްވުމުގައިި އެއްވެސްް މިންވަރަކަށްް ނުބައްލަވާާ ވަރަށްް ޒިންމާދާރުކަންް ކުޑަގޮތެއްގައިި އަވަސްއަރުވާލައިގެންް ކަންކަންް ބަދަލުކުރެއްވީމާާ އޭގެެސަބަބުންް ރައްޔިތުންނަށްވެސްް އަދިި ޚުދުު ވެންކޯޯ އަށްވެސްް ވަރަށްް ބޮޑަތިި ގޮންޖެހުންތައްް އަންނާނެކަމީީ އެއްވެސްް ޝައްކެއްހުރިކަމެއްނޫންް އަބަދުވެސްް ކުނިނެގުމުގައިި ވަރަށްް ގިނަގޭތަކުންް ދުވަހުންދުވަހަށްް ކުނިނުނެގޭޭ މީގެެ އިތުރުންް ކުނީގެެ ޚިދުމަތްް ބޭނުންް ކުރައްވާާ ފަރާތްތައްނޫންް ފަރާތްތައްް ރަޖިސްޓްރީީ ކުރެވެންޏާާ އިތުރަށްް ކަންތައްް ދިގުލައިިދިއުމާއިި ކަންކަންް ބޮއްސުންލާނެކަމީީ ކަށަވަރުކަމެއްް ސާފުތާހިރުކޮށްް ތަންތަންހުރުމަކީީ އެންމެނަށްވެސްލިބޭނެެ ހިތްހަމަޖެހުމެއް