އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ ބޮޑު އިންތިޙާބު: މޮޅުވާނީ ކޮން ފެކްޝަނެއް؟

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ސަރުކާރުގެ މައި ޕާޓީ އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު މިވަނީ ފަށައިފައެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިގެން ކުރިއަށް ދާއިރު، ހަޤީގަތުގައި މިއަދު ކުރިއަށް މިދަނީ އެމްޑީޕީގެ ދެ ރައީސުން ކުރިމަތިލުމެކެވެ. މިއަދުގެ އިންތިހާބުގެ ނަތީޖާއިން އެމްޑީޕީގެ ބާރު އޮތީ ކޮން ރައީސެއްގެ އަތުގައިކަން އެނގިގެންދާނެއެވެ.

މި އިންތިހާބު ވާދަވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ، އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ދެމެދު އުފެދިފައިވާ ސިޔާސީ ކޯޅުމެވެ. އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް މި ރައީސުންގެ ފެކްޝަނުން މި ދެބޭފުޅުން ވަނީ ކެނޑިޑޭޓުން ނެރުއްވާފައެވެ.

އެގޮތުން ރައީސް ނަޝީދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ ކެނޑިޑޭޓުންގެ ވައުދު ފުޅަކީ ބަރުލަމާނީ ނިޒާމް ގެންނަން މަސައްކަތް ކުރުމެވެ. އަދި ރައީސް ސޯލިހްގެ ފެކްޝަނުން ނިކުމެވަޑައިގަންނަވާ ކެނޑިޑޭޓުންގެ ވައުދަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރުމެވެ.

ފާއިތުވި ދުވަސްތަކުގައި ރައީސް ނަޝީދު އާއި ރައީސް ސޯލިހް އާއި ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރިއިރު، މި ސަރުކާރާއެކު ސިޔާސީ ގޮތުން ދެން މަސައްކަތް ނުކުރައްވާނެ ކަން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ބަދަލުކުރުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާއިރު، އެކަމަށް ރައީސް ސޯލިހް ތާއިދެއް ނުކުރައްވައެވެ. މީގެ އިތުރުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ރައީސް ސޯލިހް ރާއްޖޭގެ އަތޮޅު ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމުގައިވެސް ވަނީ ހާމަކުރައްވާފައެވެ.

ބަރުލާމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވާ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ރައީސް ނަޝީދުއަށް ތާއިދުކުރައްވާ އެމްޑީޕީ މެންބަރުން މިހާރު ވަނީ ފަށައިފައެވެ. މި ޕެޓިޝަނުގައި މިހާރު ބައިލައްކަ އަށްވުރެ ގިނަ މީހުން ސޮއިކޮށްފި ކަމަށް އެމްޑީޕީން ބުނެއެވެ. މީގެ އިތުރުން ރައީސް ނަޝީދު ހާމަކުރެއްވި ގޮތުގައި، މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމަނިކުފާނުގެ ތާއިދު އޮތީވެސް ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާ ކެނޑިޑޭޓަކާއެކުއެވެ.

އެމްޑީޕީގެ ކޮންޓްރޯލް ހޯއްދެވުމަށް މި ދެރައީސުންވެސް މަސައްކަތް ކުރައްވާއިރު، އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ އަޣުލަބިއްޔަތު އޮތީ ރައީސް ސޯލިހަށެވެ. އަދި ގައުމީ މަޖިލީހުގެ ކޮންޓްރޯލް ވެސް ރައީސްއަށް އެބަ އޮތެވެ.

ވާދަވެރި މި އިންތިހާބު ކުރިއަށްދާއިރު، ދެ ރައީސުންވެސް މިވަގުތު ތިބީ ރާއްޖެއިން ބޭރުގައެވެ. ނަޝީދު ހުންނެވީ މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ބޮންގޮއްވާލާ ދިން ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދުމަށް އިނގިރޭސިވިލާތުގައެވެ. އަދި ރައީސް ސޯލިހު ހުންނެވީ އދ. ގައި ތަގުރީރު ކުރެއްވުމަށް ވަޑައިގެން އެމެރިކާގެ ނިއު ޔޯކް ސިޓީގަ އެވެ.

ގުޅުންހުރި ލިޔުންތައް
6 ދުވަސްކުރިން
7
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
1 ދުވަސްކުރިން