ގެއެއްގެ ސިޑި ކައިރީ ބަހައްޓާފައިހުރި ފޮށިގަނޑެއް ވަގަށް ނެގި މީހަކު ހޯދަނީ

ގޭގެ ސިޑި ކައިރީގައި ބަހައްޓާފައިހުރި ފޮށިގަނޑެއް ވަގަށް ނެގި މީހަކު ހޯދަން، އޭނަގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާއްމުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، މި މީހާއަކީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު މ. ވައިޓްހައުސް ގޭގެ ސިޑި ކައިރީގައި ބަހައްޓާފައިހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

އެހެންކަމުން އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

މި މައްސަލައިގެ އިންސިޑެންޓް ނަންބަރަކީ 493556 އެވެ.

މާލޭ މިފަދަ ވައްކަމުގެ އަމަލުތައް ވަރަށް ގިނައިން ހިނގައެވެ. އަދި މިފަދަ ވައްކަމުގެ މައްސަލަތަކުގައި ވައްކަމުގައި ތުހުމަތުވާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާއްމުކުރެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ