ރިފުޅު އުފުލި މަންމައަށް ޖޯކު ޖެހިވޭމަންޑޫ ޖެންޑާގެ އެންމެ އިސް ވެރިޔާ، ރިލްވާން އަބްދުﷲ ރައީސް ސޯލިހް އާއެކު-- ފޮޓޯ: ފޭސްބުކް

ދަރިފުޅު އުފުލި މަންމައަށް ޖޯކު ޖެހި މައްސަލައިގައި ޖެންޑާއިން މާފަށް އެދިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ދެ ދަރިންގެ މަންމައަކު ދަރިފުޅު ބުރަކަށި މަތީ ސްކޫލަށް ގެންދިއުމުން، އެކަމާ އެ މަންމައަށް ޖޯކު ޖަހާ  ޖެންޑާގެ މިނިސްޓްރީގެ މުވައްޒަފަކު މަލާމާތްކުރި މައްސަލައިގައި އެ މިނިސްޓްރީން މާފަށް އެދިއްޖެއެވެ.

ކޮންމެދުވަހަކު މި މަންމަ އޭނަގެ ދެ ދަރިން ގޮވައިގެން ބަސް ސްޓޮޕާއި ހަމައަށް ހިނގާފާ ގެންދަނީ ޓެކްސީގައި ދަތުރުކުރުމުގެ ތަނަވަސްކަން ނެތީމައެވެ. އަދި އޭނަގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިފުޅު އެހިސާބަށް އުފުލަނީ ބުރަކަށި މަތީގައެވެ.

މި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވުމާ ގުޅިގެން، އަމިއްލަ ޖަމިއްޔާއަކުން ވަނީ އެ މަންމައަށް އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ. އަދި ގިނަ ބަޔަކު އެ މަންމައަށާއި ދަރިންގެ ހިތްވަރަށް ތައުރީފުކުރިއެވެ.

ނަމަވެސް ތ. އަތޮޅު ވޭމަންޑޫ ޖެންޑާގެ އެންމެ އިސް ވެރިޔާ، ރިލްވާން އަބްދުﷲ ވަނީ އެ މަންމައަށް މަލާމާތް ކޮށް ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި އޭނާ ވަނީ އެ މަންމައަށް އެެހީތެރިކަން ބޭނުންނުވާ ކަމަށް ދޭހަވާ ގޮތަކަށް ވާހަކަދައްކައިފައެވެ. އެގޮތުން "އެޕާޓްމަންޓްދީ، ސްކޫލަށް ދާން ބަސްދީ، ކާނެ ކާއެއްޗެހިދީ، ފެން ބިލް ދައްކައިދީ މިއީ ދުނިޔޭގެ ކޮން ގައުމަކުން ކުރާ ކަމެއްތޯ؟" މިހެން ލިޔެފައިވެއެވެ.

މިކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ، މިނިސްޓްރީގެ މުވައްޒަފު މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓު އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދިި އޭގައި ބަޔާންކޮށްފައިވަނީ އެ މިނިސްޓްރީން ދެކޭގޮތެއް ނޫން ކަމަށެވެ.

"އެކަމަށް ޓަކައި މައާފަށް އެދެމެވެ. ކުރިއަށް އޮތްތަނުގައި އެފަދަކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން މިގެންދަނީ ކުރަމުންނެވެ." ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.

ދެވަނަ ފިޔަވަހީގެ ފްލެޓްތަކުގައި މީހުން މިހާރު ދިރިއުޅެން ފަށައިފައިވާއިރު، ދަތުރުފަތުރު ކުރުމުގައި ދަތިތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަ ސަމާލުކަމަށް އައުމާއެކު ހުޅުމާލެ ދެވަނަ ފިޔަވައްސަށް މިހާރު ވަނީ ބަސް ދަތުރުގެ ހިދުމަތް އެމްޓީސީސީން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

3 Responses

  1. ނިހާމާ

    ތިޔަކަހަލަ ތާކުންތާކުނުޖެހޭ މީހުންނަށް ވެރިކަމަށް ދިނީމަ ވާނެގޮތް ތިވީ. ކިޔޭ ނުކިޔޭއެއްވެސް ނޭނގޭ

  2. ފާތުމަ

    މަގާމެއް ލިބުނީމަ ތިމާއަށް ތިމާ ފެންނަނީ. ހިތައްނާރާ މާދަމާ ތިމާއަށް ޖެހިދާނެ ހާލެއް. ޖެންޑާ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅު ވާނީ ނުދެއްކުން . ހެޔޮވިސްނުން އެންމެންނަށްވެސް ދެއްވާށި

  3. ވޯލް

    ރާއްޖެ އެހެން ރަށެއް މީހެއް މިހެން ބުނު ހައްޤު. ފުލެޓްއިން ބަސް ސްޓޭޝަންއަށް ހިންގާ ފައިދާ ޖެހިގެން މައްސަލައަކަށް ވާއިރު ރާއްޖެތެތޭ ރަށްރަށުގައި އަމިއްލަ ޖީބުން ލާރި ދީގެން އުޅަނދު ހިފާގެން ޑޮކްޓަރަށް ދައްކަން އެބަ ދާންޖެހޭ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ