ކޮވިޑާ ގުޅިގެން ކުރި ހަރަދު 3.8 ބިލިއަނަށް!

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިހާތަނަށް ކުރި ހަރަދުގެ އަދަދު 3.9 ބިލިއަނަށް އަރާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން  ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ ކޮވިޑް-19އަށް ޖުމްލަ 3.8 ބިލިއަން ރުފިޔާގެ ހަރަދު ކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ސިއްހީ އަދި އިޖުތިމާއީ އެކި ކަންކަމަށް ކުރި 2.109 ބިލިއަން ރުފިޔާ އާއި އިކޮނޮމިކް ރެސްޕޮންސްގެ ގޮތުގައި ހަރަދުކުރި 1.7 ބިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ހެލެތް މިނިސްޓްރީގެ އިތުރުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށެވެ. އެގޮތުން ހެލްތް މިނިސްޓްރީން އެކަނިވެސް 806.0 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން ދެން އެންމެ ބޮޑު ހަރަދެއްކޮށްފައިވާ (އެންޑީއެމްއޭ) މެދުވެރިކޮށް 784.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއަށްފަހު ދެން އެންމެ ބޮޑު ހަރަދެއްކޮށްފައިވާ އައިޖީއެމްއެޗް މެދުވެރިކޮށް ކޮވިޑް-19 އާ ގުޅިގެން 193.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ