rbsh

ސްޓެލްކޯއިން ކަރަންޓު އުޅަނދުތައް ރާއްޖޭގެ ބާޒާރަށް ނެރެނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތިމާވެއްޓާ ރައްޓެހި، ކަރަންޓުން ދުވާ އުޅަނދުތައް އުފެއްދުމަށް ފަހު ބާޒާރަށް ނެރުމަށް ސްޓެލްކޯ އިން ނިންމައިފިއެވެ.

ސްޓެލްކޯގެ "ސްޓެވޯ" ވޯކްޝޮޕް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ރާއްޖޭގަައި މަސައްކަތް ކުރާ އެންމެ ތަޖުރިބާކާރު އަދި އެންމެ ފުންނާބު އުސް މުވައްޒަފުން ތިބި ކުންފުނި ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ގަސްތުކުރަނީ ރާއްޖޭގައި އަމިއްލައަށް އިލެކްޓްރިކް ވެެހިކަލް އެސެމްބަލް ކުރަންކަމަށް މުޣުނީ ވިދާޅުވިއެވެ.

"..ތިމާވެއްޓާ ރައްޓެހި ނޫން ގޭސްތައް އެންމެ ގިނައިން ނިކުންނަނީ ތަފާތު ވައްތަރުގެ ވެހިކަލް ތަކުންކަމަށް ވުމުން މި އިލެކްޓްރިކް ވެހިކަލަކީ ތިމާވެއްޓާ ރައްޓެހި ވެހިކަލަކަށް ވާނެކަން ޔަގީން،" މުޣުނީ ވިދާޅުވިއެވެ.

މުޣުނީ އިތުރަށް ވިދާޅުވީ މި ވެހިކަލްތައް އުފައްދަން ނިންމީ ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓުތައް ހިންގުމަށް އިސްކަންދޭ ގައުމަކަށް ވާތީކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ