ރާއްޖެއިން ބަންގްލަދޭޝްއާއި ނޭޕާލަށް ވެކްސިން ހަދިޔާކުރަނީ

ރާއްޖެއިން ބަންގްލަދޭޝާއި ނޭޕާލަށް ކޮވިޑް ވެކްސިން ހަދިޔާކޮށްފިއެވެ. 

ރައީސް އޮފީހުން މީޑިއާތަކަށް މައުލޫމާތު ދިންގޮތުގައި، އެ ދެ ގައުމަށް ދެ ލައްކަ ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާ ކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އެގޮތުން މި ނިންމުމުގެ ދަށުން  މިދިޔަ ބުދަ ދުވަހު ބަންގްލަދޭޝަށް ހަދިޔާ ކުރާ 201,600 މިހާރު ވަނީ ބަންގްލަދޭޝް ހައި ކޮމިޝަނާ ހަވާލުކޮށްފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިނެވެ.

އެ ކަމަށް ޓަކައި އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ. އަދި ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ސަފީރު ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަންއެވެ.

ރާއްޖޭގައި މިހާތަނަށް 392،773 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި 343،149 މީހަކު ވަނީ ދެ ވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި މިހާރު ވަނީ ފައިޒާ ވެކްސިންގެ ބޫސްޓާ ޑޯޒުވެސް ދޭން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ