ކޮޕާ އެމެރިކާގައި ރޭ ފަތިހު އާޖެންޓީނާ އަދި ޕެރަގުއާއީ ބައްދަލުކުރި މެޗުގައި ޕެނަލްޓީއަކުން މެސީ ކާމިޔާބުކޮށްދިން ލަނޑަކާއެކު ބަލިނުވެ އާޖެންޓީނާ ސަލާމަތްވެއްޖެއެވެ.
މެޗުގައި އާޖެންޓީނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިނުވާއިރު، އުފެއްދިފައިވާ ހަމަލާތައްވެސް ޕެރަގުއާއީއަށްވުރެ މަދެވެ.
1-1 ގެ ނަތީޖާއަކުން އެއްވަރުވި މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޕެރަގުއާއީންނެވެ. މެޗުގެ 37 ވަނަ މިނަޓްގައި ސަންޗޭޒް ޖަހައިދިން މިލަނޑާއެކު މެޗުގެ ފުރަތަމާ ހަފު ޕެރެގުއާއީ ނިންމާލީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި އާޖެންޓީނާއިން ކުޅެން ނުކުތީ އިތުބާރު ފޯވާޑު އަގުއެރޯ ޓީމުގައި ހިމަނައިގެންނެވެ. އަދި ދެވަނަ ހާފުގެ ފެށުންވެސް ވަނީ އާޖެންޓީނާއިން ރަނގަޅުކޮށްފައެވެ. އެގޮތުން ގިނަ ހަމަލާތަކެއް އާޖެންޓީނާއިންވަނީ އުފައްދާފައެވެ.
އާޖެންޓީނާއަށް ޕެނަލްޓީ ލިބިގެންދިޔައީ ފޮނުވާލި ހަމަލާއެއް ޕެރަގުއާއީގެ ޑިފެންޑަރު އަތުގައި ޖެހުމުންނެވެ. ޑިފެންޑަރު އަތުގައި ޖެހިފައިދިޔަ މިބޯޅަ އަމާޒުވީ ގޯލްގެ މަތީ ދަނޑިއަށެވެ. ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން މިޕެނަލްޓީ 57 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ.
ލީޑު ނަގާނެ ރަނުގެ ފުރުޞަތެއް ޕެރަގުއާއީއަށް ލިބިގެން ދިޔައީ އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރެއިން އޮޓަމެންޑީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ނަމަވެސް ގޮންޒަލޭޒް ފޮނުވާލި މިޕެނަލްޓީ އާޖެންޓީނާގެ ކީޕަރު އަރުމާނީވަނީ ދިފާޢުކޮށްފައެވެ.

ރޭ ފަތިހު ކުޅުނު މިމެޗުން ލިބުނު 1 ޕޮއިންޓާއެކި އާޖެންޓީނާއަށް މުބާރާތުގައި އަދި ހިންދެމިލެވޭކަން ނެތެވެ. އާޖެންޓީނާ ގްރޫޕް ބީ ގެ އެންމެ ފުލުގައި އޮތީ މައިނަސް ދެ ލަނޑާއެކުގައެވެ. މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ އާޖެންޓީނާ ޖެހޭނީ ކުރިއަށް އޮތް ގަތަރު މެޗުން މޮޅުވާށެވެ.
މިގްރޫޕް އެއްވަނައިގައި އޮތް ކޮލަމްބިއާ ކުޅުނު ދެމެޗުންވެސް މޮޅުވެވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.



