އުރީދޫ ސާފްސެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުގައި އިންޑިއާ އަތުން ރާއްޖެ ބަލިވެ، ފައިނަލުން ފުރުސަތު ނުލިބުމުގެ ފުރިހަމަ ޒިންމާ ނަގާކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
ރޭ ދިވެހިރާއްޖޭގެ ގަލޮޅުދަނޑުގައި ކުޅުނު މެޗުން އިންޑިއާ އަތުން ރޭ 3-1 އިން ބަލިވުމުން ރާއްޖެ ވަނީ މުބާރާތުން ކަޓާފައެވެ.
ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ، ގައުމީ ޓީމަށް ކުރިމަތިވި ނާކާމިޔާބުގެ ފުރިހަމަ ޒިންމާ އޭނާ ނަގާކަމަށާއި، ޓީމު ދަށްވުމުން ސަޕޯޓަރުންނާއި އަދި އޭނާވެސް މިހުރީ މާޔޫސްވެފައިކަމަށެވެ.
"މި ނާކާމިޔާބުގެ ޒިންމާ 100 ޕަސެންޓް އަޅުގަނޑު ނަގަން،" ސުޒޭން ބުންޏެވެ. އަދި ސްޒޭން ބުނީ، ރާއްޖެ ކޮޅަށް ފަހުން ވަން ދެ ގޯލަކީ ވަރަށް ފަސޭހައިން ވަން ދެ ގޯލު ކަމަށާއި، އެގޮތަށް އެކަންވީ ޓީމުގެ ފޯކަސް ގެއްލުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް ދިވެހިނަށް މިކަން ނުވާންވީ ސަބަބެއް ނެތް ކަމަށް ސުޒޭން ބުންޏެވެ. އަދި ދިވެހިން މިކަން ވާނެ ކަމުގެ ވަރަށް ރަނގަޅު ޕޮޒިޓިވް ކަންތައްތަކެއް ވެސް މި މުބާރާތުގެ ތެރެއިން ފެނިއްޖެ ކަމަށެވެ.
"..މިސާލަކަށް ޓެކްޓިކަލީ ޓީމެއް ތައްޔާރު ކުރުން. ފިޓްނަސްއާ މި ހުރިހާ އެއްޗެއްގައި ބަޔަކާ ކޮމްޕީޓް ކުރުން، ނޫނީ ޓީމެއް ތައްޔާރު ކުރުން، ނުވާނެތޯއޭ ތިފާހަގަ ކުރަނީ" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ، މިދިޔަ އަހަރުގެ ދަށު ދިފާއުކުރަން މިއޮތީ ނާކާމިޔާބުވެފައި ކަމަށާއި، އެ ހިސާބުން މިއީ ދިވެހިންގެ ކޯޗިން ކެރިއަރުގައި ގައުމީ ޓީމެއް ހަވާލުކުރުން އެއީ ނުވާނެ ކަމެއް ކަަމަށް ބުނުމަކީ އެއްވެސް ފެކްޓެއް ބޭސިސް އެއް ނުވިސްނާ ބުނުން އެހާ ރަނގަަޅުކަމެއް ނޫންކަމަށެވެ.
ރޭގެ މެޗުން ރާއްޖެ ބަލިވެ، "ތިންވަނަ ފަހަރު މިއީ އެފަހަރު" ކަމުގައި ނުވިޔަސް ދިވެހި ގައުމީ ޓީމު ކުރި ހިތްވަރަށް އައްސަރި ބަހާ ސާބަހެވެ. ހިތްވަރު އެލުވާނުލާ އެންމެ ފަހު މިނެޓާއި ޖެހެންދެންވެސް ގައުމީ ޓީމު އައީ ހިތްވަރުކުރަމުންނެވެ. މީގެ އިތުރުން ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ދިން ހިތްވަރާއި ސަޕޯޓު ވަރަށް ބޮޑަށް ފާހަގަކޮށްލެވެއެވެ. މުޅި ސްޓޭޑިއަމް އޮތީ ރަތުން ފުރާލައިފައެވެ.





ހިޔާލު
ޓީމު ކިތަންމެހާވެސް މޮޅު… މައްސަލައަކީ ކަމާބެހޭ ޥަޒީރުން ދީނާ ޙީޅާފު ކަންކަމަށް ހިއްވަރުދޭތީ