ރާއްޖެ މެޗުގެ ޓިކެޓް ވިކި ހުސްވުމުން ދިވެހިން އަޑުގަދަކުރަން ފަށައިފި

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް ތިންގަޑިއިރާ ތިރީސް މިނެޓުން ވިކި ހުސްވެއްޖެއެވެ.

މާދަމާ ރާއްޖެ ކުޅޭ މެޗަކީ މި މުބާރާތުގައި ފައިނަލަށް ދިއުމަށް ވަރަށް މުހިއްމު މެޗެކެވެ. މާދަމާގެ މެޗަށް ދިވެހި ސަޕޯޓަރުންނަށް ވިއްކައިފައިވަނީ 3000 ޓިކެޓެވެ. އަދި އަވޭ ޓީމަށް 200 ޓިކެޓެވެ.

މިއަދު ސޯޝަލް ސެންޓަރުގެ ތިން ކައުންޓަރުން ޓިކެޓް ގަނެވޭނެ އިންތިޒާމު އެފްއޭމްއިން ހަމަޖައްސައިފައިވާއިރު، ޓިކެޓް ވިއްކަން ފަށައިފައި ވަނީ 10:00 އެވެ. އަދި 9:30 ގެ ކުރިން ކިއު ނުހެދުމަށް އެފްއޭއެމުން އެދުނު ނަމަވެސް ދިވެހި ސަޕޯޓަރުން ރޭ ދަންވަރުން ފެށިގެން އެ ސަރަހައްދުގައި އައީ ކިއު ހެދުމަށް ހަރަކާތްތެރިވަމުންނެވެ.

މިއަދު ޓިކެޓް ވިއްކަން ފެށުމާއެކު ގާތްގަނޑަކަށް 1000 ވުރެ ގިނަ ޓިކެޓް އެއް ގަޑިއިރު ތެރޭ ވަނީ ވިކި ހުސްވެފައެވެ. އަދި މިއަދު ގާތްގަނޑަކަށް އެކެއް ޖަހާއިރު 3000 ޓިކެޓް ވަނީ އެއްކޮށް ވިކި ހުސްވެފައެވެ.

ރާއްޖެ މެޗުގެ ޓިކެޓް ވިކި ހުސްވުމުން ދިވެހިން އަޑުގަދަކުރަން ފަށައިފި

އެއާއެކު ޓިކެޓް ނުލިބު ގިނަ ދިވެހިން ވަނީ ސޯޝަލް ސެންޓަރުގައި ޓިކެޓް ދިނުމަށް އެދި އަޑުގަދަކޮށްފައެވެ.

މީގެ ކުރިންވެސް ރާއްޖެއާއި ލަންކާ ކުޅުނު މެޗުގެ ޓިކެޓް ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ވިކި ހުސްވުމުން ދިވެހި ސަޕޯޓަރުން ވަނީ އިހުތިޖާޖުކޮށްފައެވެ. އެއާއެކު އެފްއޭމްއިން އެ މެޗަށް ރިޒާވް ކޮށްފައި ހުރި 2500 ޓިކެޓްގެ ތެރެއިން 1000 ޓިކެޓް ވަނީ ދިވެހި ސަޕޯޓަރުންނަށް ވިއްކައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ