ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ވާށޭ މަށާއެކީ"ގެ ދެވަނަ ބައެއް ގެނެސްދެނީ!

ޑާކްރެއިން އެންޓަޓެއިންމަންޓުން 2016 ވަނަ އަހަރު ގެނެސްދީފައިވާ ކާމިޔާބު ފިލްމް، "ވަށޭ މަށާއެކީ"ގެ ދެވަނަ ބައެއް ތައްޔާރުކުރާ ކަމުގެ އިޝާރާތެއް އެ ޕްރޮޑަކްޝަން ހައުސްއިންދީފިއެވެ.

މަރިޔަމް މަޖުދާ އާއި މުހައްމަދު ޖުމައްޔިލް ލީޑު ރޯލުން ފެނިގެންދިޔަ މި ފިލްމްގެ ދެވަނަ ބައެއް އުފައްދާކަމުގެ އިޝާރާތެއް އެންމެ ފުރަތަމަ ޑާކް ރެއިން އިން ދިނީ މީގެ އެއް ދުވަސްކުރިން އެމީހުންގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ހިއްސާކުރި ޕޯސްޓަކުންނެވެ.

އެ ފިލްމްގައި ފެނިގެންދިޔަ ދެ ކެރެކްޓާ ކަމުގައިވާ ތޯބެ އާއި މަރީޒްގެ ކެރެކްޓާ ކުޅެދީފައިވާ، މުހައްމަދު ފައިސަލް އާއި ބޭރުގެ އެކްޓްރެސް މަރީޒް ޖޮއިސް ގޮމޭޒް ގެ ފޮޓޯއެއް ހިއްސާކުރުމަށްފަހު، އެ ދެ ތަރިން ޓެގް ކޮށް، "ވާށޭ މަށާއެކީ"ގެ ދެވަނަ ބަޔަށް ތައްޔާރުތޯ ވަނީ އަހައިފައެވެ. އަދި ފަހުން ކުރި ޕޯސްޓެއްގައި، އެކްޓްރެސް މަރީޒް ގޮމޭޒް ފިލްމުގެ ދެވަނަ ބައި ކުޅެން މިހާރު އެއްބަސްވެފައިވާ ކަމަށް ބުނެ އޭނަގެ ފޮޓޯއެއް ހިއްސާކުރިއެވެ.

އެހެންކަމުން "ވާށޭ މަށާއެކީ"ގެ ދެވަނަ ބައިގެ ވާހަކަ ގެނެސްދޭނީ ފައިސަލް އާއި މަރީޒްގެ ވާހަކައަށް ބިނާކޮށެވެ. މި ފިލްމްގެ ފުރަތަމަ ބައިގެ މި ދެމީހުންނަކީ ދެ ލޯބިވެރިންނެވެ.

ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން ޕްރޮޑިއުސްކޮށް، އަލި ޝިފާއު ޑައިރެކްޓްކޮށްފައިވާ "ވާށޭ މަށާއެކީ" ފިލްމް ވަނީ ނީ 8 ވަނަ ގައުމީ ފިލްމް އެވޯޑްގައި 9 އެވޯޑް ހޯދައިފައެވެ. އޭގެ ތެރޭގައި އެންމެ މޮޅު އެކްޓަރު، އެކްޓްރެސް އަދި އެންމެ މޮޅު ފިލްމްގެ އެވޯޑްވެސް ހިމެނެއެވެ.

މި ފިލްމަކީ ރާއްޖޭގެ އެންމެ ފުރަތަމަ ފާހަގަކޮށްލެވޭ ބޮޑު ތަރުހީބެއް ލިބުނު ރޮމް-ކޮމެޑީ ޖޯންރާގެ ފިލްމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ