ޑާކްރެއިން ޝޯޓްސް: ދެން ގެނެސްދޭނީ "އަނގުރު"!

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމް ޕްރޮޑަކްޝަން ހައުސް ޑާކްރެއިން ސްޓޫޑިއޯ އިން ބެލުންތެރިންނަށް ހާއްސަކޮށްގެން ޔޫޓިއުބް މެދުވެރިކޮށް "ޑާކް ރެއިން ޝޯޓްސް" ގެ ނަމުގައި ނެރޭ ކުރު ފިލްމް ސިލްސިލާގެ ތެރެއިން ގެނެސްދޭ ދެވަނަ ކުރު ފިލްމަކީ "އަނގުރު"އެވެ.

ޑާކްރެއިން ޝޯޓްސްގެ ފުރަތަމަ ކުރު ފިލްމް "ދައުވަތު" އިއްޔެ ރިލީޒްކޮށްފައިވާއިރު، މި ފިލްމް ނިއްމާލަމުން ޑާކްރެއިން އިން ގެނެސްދޭ ދެވަނަ ކުރު ފިލްމް "އަނގުރު"ގެ ޕޯސްޓަރުވެސް ވަނީ ދައްކާލާފައެވެ.

މި މަހުގެ 14 ގައި ރިލީޒްކުރާ ކުރުފިލްމް "އަނގުރު"ގެ ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ކާމިޔާބު އެކްޓަރު ރޯނު ހަސަން މަނިކާއި، ބައިސްކޯފުން ދާދިފަހަކުން ނިއްމާލި ސީރީޒް "އެހެނަސް" އިން ފެނިގެންދިޔަ އެކްޓްރެސް ޝިލްނާ ނަދީހްއެވެ.

ޑާކް ރެއިން ޝޯޓްސްގެ ފުރަތަމަ ކުރު ފިލްމް، ދައުވަތު"ގެ ކާސްޓުންގެ ގޮތުގައި ފެނިގެންދިޔައީ، އަހްމަދު ސުނީ އާއި މި ދާއިރާއަށް ތައާރްފްވާ ޒުވާން ބަތަލާ މަރިޔަމް ޝިފާ، އަދި ބަތަލު ހޫދު އިބްރާހިމެވެ.

ޑާކް ރެއިން "ޝޯޓްސް" ގެ ނަމުގައި ޑާކްރެއިންއިން ގިނަ ފިލްމްތަކެެއް ގެނެސްދޭނަ ވަނީ ރާވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ