ފޮޓޯ: ސްޓެލްކޯ

މާލެ-ހުޅުމާލެ ކަރަންޓް ވިއުގަ ޓެސްޓުކޮށް، ކާމިޔާބުކަމާއެކު ނިއްމާލައިފި

މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތައް އެއްވެސް މައްސަލައެއް ދިމާނުވެ މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ ޓެސްޓްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މާލެ-ހުޅުލެ-ހުޅުމާލެ ކަރަންޓު އެއް ވިއުގައަކުން ގުޅުވާލައި، އެ ވިއުގާ ފުރަތަމަ ފަހަރަށް ޓެސްޓުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އަދި އޭރު ސްޓެލްކޯއިން ބުނީ، މާލެއާއި، ހުޅުމާލޭގެ އިންޖީނުގެ މިހާރު ވަނީ ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބު ކަމާއެކު ސިންކްރޮނައިޒް ކުރެވިފައިކަމަށާއި، މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެކަމަށެވެ.

އެގޮތުން މިއަދު ހެނދުނުވެސް ޓެސްޓުތަކެއް ކޮށްފައިވާއިރު ސްޓެލްކޯއިން ބުނީ، "މާތްﷲ ގެ އިރާދަފުޅާއެކު، މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތައް އެއްވެސް މައްސަލައެއް ދިމާނުވެ މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ ޓެސްޓްތައް މިވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައި" ވާކަމަށެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ، ކަރަންޓު ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ވީހާވެސް ކުޑަކޮށް، ކުންފުނީގެ ސިސްޓަމްތަށް އަދާހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ