މިހާރު ގަލޮޅު ދަނޑުގައި ކުޅެމުންދާ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގެ ސެކިއުރިޓީ ބެލަހައްޓަމުންދިޔަ ފުލުހަކަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.
މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ވަޔާ ވެއްޓިގެން އައި ބޯޑެއްގެ ދަށުވި ފުލުހަކަށެވެ.
އެނގިފައިވާ ގޮތުގައި ބޯޑު ވެއްޓި ޖެހިފައިވަނީ ފުލުސް މީހާގެ ބޮލުގައެވެ. އަދި ބޯޑުގެ ދަށުވެ ފުލުސް މީހާގެ އަނގަމަތި ފެށި އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ.
އަނިޔާވި ފުލުހަށް މިވަގުތު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.



