އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ހުއްދަ ނެތި ލ. ކަޅައިދޫ ކައުންސިލުން ކިނިބިގަސްތަކެއް ނަގާފައިވާ ކަމަށާއި، އެގަސްތައް އަލުން އިންދާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހުއްދަނެތި ނެގި ކިނބިގަސްތައް 10 ރުފިޔާގެ މަގުން ކައުންސިލުން ވިއްކާފައިވާ ކަމަށެވެ. އެ ގަސްތައް ނެގި ތަންތަނުގައި އަލުން އިންދާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ކަޅައިދޫ ކައުންސިލްގެ ރައީސް ހުސެއިން ހަލީލްއާ ސުވާލުކުރުމުން، "ކަޅައިދޫއިން ގަސް ނަގަން ވީމާ އީޕީއޭއަށް ނޭނގޭނެކަމަށް" ވިދާޅުވެފައިވާ ކަމަށެވެ.
އެ ގަސްތަކަކަކީ އެރަށުގެ މަގެއް ހެދުމަށް ނެގިގަސްތަކެއް ކަމަށް ކައުންސިލް އިން ބުނި ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ރަށުން 40 އަކަށް ގަސް އުފުރާ ބާއްވާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފަިއވާ ކަމަށެވެ.
އީޕީއޭ އިން މީގެ ކުރިން ބުނީ ގަވައިދާ ހިލާފަށް ރުއްގަސް ބޭރުކުރުމަށް ކައުންސިލްތަކުން ތަފާތު އުކުޅުތައް ބޭނުންކުރާ ކަމަށެވެ. އޭގެ ތެރޭގައި މިސްކިތާއި ދަނޑާއި އަދި މަގު ހެދުމަށް ކަމަށް ބުނެ ރުއްގަސް ކަނޑައި ބޭރުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭ އިން ބުނެފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަޅައިދޫ ބަނދަރުގައި އޮތް ބޯޓަކަށް ގަވައިދާ ހިލާފަށް ނަގައިފައި ހުރި ކިނބި ގަސްތަކެއް އަރުވާފައި ހުރި ކަމަށް ބުނެ ލ. އިސްދޫ ޕިލިސް ސްޓޭޝަނަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ މައްސަލައެއް ހުށައެޅުމުން ފުލުހުން ގޮސް ބެލިއިރު 20 ފޫޓް ހުންނަ ވަރުގެ ކިނބިގަސްތަކެއް ބޯޓަށް އަރުވާފަ ހުއްޓާފެނިފައިވާ ކަމަށެވެ.



