ނޭމާ - ފޮޓޯ: އޭއެސް އިންގްލިޝް

ނޭމާގެ 3 މެޗު ސަސްޕެންޝަން ޔޫއެފާއިން ދަމަހައްޓައިފި

ނިމުނު ޗެމްޕިއަސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑްއަތުން ޕީއެސްޖީ ދައްވި މެޗަށްފަހު ނޭމާގެ ޢަމަލުތައް ހުރި ގޮތުން ޔޫއެފާއިން ދިން އަދަބު އިސްތިއުނާފަށްއެދި ނޭމާގެ ފަރާތުން ހުށައެޅި ހުށައެޅުން ބަލައިނުގަނެ ޔޫއެފާއިން އެމީހުންގެ ނިންމުން ދަމަހައްޓައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ކުޅެވުނު އެމެޗުން ދަށްވެ ޕީއެސްޖީ މުބާރާތުން ކަޓައިގެން ދިޔައީ ފަހު ވަގުތު ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކުރުމާއެކު އަވޭ ގޯލްގެ އެޑްވާންޓޭޖާއެކުގައެވެ.

ވީއޭއާރު ބެލުމަށް ރެފްރީ ދިން ޕެނަލްޓީގެ ސަބަބުން ނޭމާވަނީ މެޗު އޮފިޝަލުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

"ރޯލް ލަސްކޮށްގެއް ބަލައިގެންވެސް ފުޓްބޯޅަ ނޭނގޭ ހަތަރު މީހުން އެތާ ބަހައްޓާފައިހުރީ" އިންސްޓަގްރާމުގައި ނޭމާ ލިޔެފައިވެއެވެ.

ރެފްރީ ވީއޭއާރު ބަލަމުންދާ މަންޒަރު - ފޮޓޯ: އިންޓަނޭޝަނަލް ނިއުސް

ނޭމާއަށް ޔޫއެފާއިން ދީފައިވާ އަދަބުގެ ސަބަބުން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ތިން މެޗުގެ ނޭމާއަށް ގެއްލޭނެއެވެ.

އުމުރުން 27 އަހަރުގެ ނޭމާ އެނބުރި ބާސާއަށް އަންނަން އުޅޭ ވާހަކަތަކެއް މިހާރު މީޑިއާދަނީ ފެތުރެމުންނެވެ. އަދި ބާސާއާ ގުޅުނު ނަމަވެސް ޗެމްޕިއަންސް ލީގުގެ ފުރަތަމަ 3 މެޗުގައި ނޭމާއަށް ބައިވެރިނުވެވޭނެއެވެ.

ކޮޕާ އެމެރިކާ ކުޅުމުގެ އުއްމީދުގައި ހުރި ނޭމާއަށް ކުޑަ ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެމުބާރާތްވެސްވަނީ ގެއްލިފައެވެ.

ޕީއެސްޖީގެ ރައީސް އަދި ނޭމާ އާމެދު މައްސަލަތަކެއް ޖެހިފައިވާކަމަށް މީޑިއާތަކުގައި ރިޕޯޓްކުރާއިރު ނިމުނު ސީޒަންގައި ނޭމާއަށްވަނީ އަނިޔާގެ ބޮޑެތި މައްސަލަތަކާއި ކުރިމަތިވެފއެވެ. އެގޮތުން ނިމުނު ސީޒަންގެ ލީގު 1 ގެ 13 މެޗު ނޭމާއަށްވަނީ ގެއްލިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ