ވޮލެޓް ވަގަށް ނެގާ މަންޒަރު - ފޮޓޯ: ވީޑިއޯ

ފިހާރައިގައި ބޭއްވުނު ވޮލެޓުން ވިޔަފާރިކޮށް، ވޮލެޓް ވަގަށް ނެގީ ދެމަފިރިން!

ވައްކަމާއި ފޭރުން އާއްމުވެފައިވާއިރު، މީސްމީޑިއާގައި މިއަދު ދައުރުވަމުންދާ ވީޑިއޯއަކަށް ދިވެހިންގެ ގިނަ ބައެއްގެ ސަމާލުކަން މިވަނީ ހުއްޓިފައެވެ.

މީސްމީޑީއާގައި ދައުރުވަމުންދާ މި ވީޑީއޯއިން ފެންނަނީ މީހަކު ފިހާރައަކުން ވިޔަފާރިކޮށް ކައުންޓަރަށް ފައިސާ ދެއްކުމަށްފަހު ވޮލެޓް ބާއްވާފައި ނިކުމެވޭ މަންޒަރެވެ. އެއަށްފަހު ފެނިގެންދާ މަންޒަރު ވެގެންދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި މަންޒަރަކަށެވެ.

އެ ވިޑީއޯއިން ފެންނަ ގޮތުގައި އެމީހާއަށް ހަނދާން ނެތިގެން ވޮލެޓް ބާއްވާފައި ދެވުމުން ދެން އެ ފިހާރައިގެ ކައުންޓަރަށް ވިޔަފާރިކޮށްގެން ފައިސާ ދައްކަން އަންނަ ދެމަފިރިން ވަނީ ކުރިން ވިޔަފާރިކުރި މީހާގެ ވޮލެޓުން ފައިސާ ދައްކައި، އެ ވޮލެޓް ވަގަށް ނަގާފައެވެ.

Fihaara akun viyafaari kuri meehe ge wallet fihaara mayzu mathyga baahvaafa dhaathanun dhemafiri aku vegen hama E wallet in viyafaari koh wallet vagah gendhan video eh Pls share

Posted by Saddam Ismail on Wednesday, June 19, 2019

ފުލުހުން ވިދާޅުވީ، މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 13:15 ހާއިރު މާލޭގެ ފިހާރައެއްގެ ތެރޭގައި މީހެއްގެ ވޮލެޓް ގެއްލުނު މައްސަލައެއް ފުލުހަށް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

"ފެށުމަށް" ޔަޤީން ކުރެވިފައިވާ ގޮތުގައި، މީސްމީޑީއާގައި ވީޑިއޯ އާއްމުވުމާއެކު ވޮލެޓް ވަގަށްނެގި ފަރާތުން ވަނީ ވޮލެޓް ވެރިފަރާތާ ހަވާލުކުރުމަށް، ވޮލެޓް ފުލުހުންނާ ހަވާލުކޮށްފައެވެ. ނަމަވެސް މިކަން ފުލުހުން ކަށަވަރުކޮށް ނުދެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް