އިންޑިއާގެ ކެރެލާ ސްޓޭޓަށް ނިސްބަތްވާ މުސްކުޅި އަންހެނަކު، އުމުރުނެ 104 އަހަރުގައި ލިޔަން ކިޔަން ދަސްކޮށްފި އެވެ.
އެންމެ ކުޑައިރުންސުރެވެސް ލިޔަން ކިޔަން ދަސްކުރަން ބޭނުންވި، ކުއްޓިޔާމާ މި ހުވަފެން ހާސިލުކުރީ އިންޑިއާ ސަރުކާރުން ބޭއްވި ލިޔަން ކިޔަން ދަސްކޮށްދޭ ޕްރޮގްރާމެއްގެ ތެރެއިން ނެގި ޓެސްޓަކުން ވަރަށް މަތީ މާކްސްއެއް ހޯދައިގެންނެވެ.
މި އަންހެންމީހާ ބީބީސީ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި، އެންމެ ކުޑައިރުއްސުރެވެސް ސްކޫލަށް ކިޔަވަން ދިއުމަކީ އުއްމީދެކެވެ. ނަމަވެސް ގޭތެރޭގެ މަސައްކަތުގައި އަބަދު އުޅެން ޖެހުމުން އަދި އުމުރުން ވަރަށް ހަގުއިރު ކައިވެންޏެއް ކުރަން ޖެހުމުން އެ އުއްމީދު އޭރު ހާސިލުނުވީ ކަމަށް ބުންޏެވެ. ކުއްޓިޔާމާ ގެ އިތުރު އެއްބަނޑުއެއްބަފާ ކުދިންވެސް ސްކޫލަށް ކިޔަވަން ނުދެއެވެ.
ކުއްޓިޔާމާ ބުނީ، އޭނާ ގެ އުމުރުން 16 އަހަރުގައި އޭނަގެ މައިބަފައިން އޭނާ މީހަކާ ކައިވެނިކުރިވި ކަމަށެވެ. އަދި އޭގެ ފަހުންވެސް އަބަދުވެސް އުޅެންޖެހުނީ ގޭތެރޭގެ މަސައްކަތް ކުރުމުގައި ކަމަށް ކުއްޓިޔާމާ ބުންޏެވެ. އެހެންކަމުން އިތުރު އެހެން ކަމެއް ނުކުރެވި، ލިޔަން ކިޔަން ދަސްކުރުމުންވެސް މަހުރޫމުވީ ކަމަށް އޭނާ ބުންޏެވެ.
މާމަ ދަރިންވެސް ހުންނަ ކުއްޓިޔާމާ ބުނީ، އޭނާ ވާން ބޭނުންވީ ޓީޗަރަކަށް ކަމަށެވެ. ނަމަވެސް ސްކޫލަށް ދިއުމުގެ ފުރުސަތެއް ނުލިބުމުން އެކަން ނުވީ ކަމަށެވެ.
ނަމަވެސް މީގެ އަހަރެއްހާ ކުރިން އޭނާ ލިޔަން ކިޔަން ދަސްކުރަން ފެށިއެވެ. އެގޮތުން އޭނަގެ މާމަދަރިން ކިޔަވަން ގެންގުޅޭ ފޮތްތަކުން ލިޔަން ކިޔަން ދަސްކުރުމުގެ މަސައްކަތް ފެށިއިރު، ޓީޗަރެއްގެ އެހީތެރިކަންވެސް އޭނާ ހޯދިއެވެ.
އުމުރުނއ 104 އަހަރުގައި ލިޔަން ކިޔަން ދަސްކޮށް، ކައްޓިޔާމާ ވަނީ، ސަރުކާރުން ބޭއްވި ލިޓެރެސީ ޕްރޮގްރާމެއްގެ ޓެސްޓުން 100 އަކުން 89 މާކްސް ހޯދައިފަ އެވެ. ކ




