ކޮވިޑްގެ އާ ވޭރިއަންޓް، އޯމިކްރިން އާ މެދު މުޅި ދުނިޔެއިން ހާސްވާން ނުޖެހޭ ކަމަށާއި، އޭގެ ބަދަލުގައި އެއިން ރައްކާތެރިވުމަށް ދުރާލާ ތައްޔާރުވުމަށް، ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ އިން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު އޮތް ނޫސްކޮންފަރެންސްގައި ޑަބްލިއުއެޗްއޯގެ ސައިންޓިސްޓް ސުމްޔާ ސްވާމިނަތަން ބުނީ، މީގެ އަހަރެއްހާ ދުވަހާ އަޅާބަލާއިރު މިހާރު އޮތް ހާލަތު ވަރަށް ތަފާތު ކަމަށެވެ.
އެންމެ ފުރަތަމަ ދެކުނު އެފްރިކާއިން ފެނުނު ކަމަށް ބެލެވޭ މި އާ ވޭރިއަންޓާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން މީގެ ކުރިން ހާމަކޮށްފައި ވަނީ މިއީ ކަންބޮޑުވުމެއް ކަމަށެވެ. މިހާތަނަށް މި އާ ވޭރިއަންޓް 40 އެއްހާ ގައުމުން ފެނިފައިވެއެވެ.
މި އާވޭރިއަންޓަކީ ބޮޑެތި މިޔުޓޭޝަންތަކެއް އައިސްފައިވާ ވޭރިއެންޓެއް ކަމާއި އަދި ކޮވިޑް ވެކްސިން އިން މި އާވޭރިއަންޓް އިން ދިފާއުވުމަށް ކުރަނީ ކިހާ އަސަރެއް ކަމެއް އަދިވެސް ޔަޤީންކަމާއެކު ހޯދިފައެއް ނުވެއެވެ.
ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ސައިންޓިސްޓް ސުމްޔާ ބުނީ، ދެކުނު އެފްރިކާއިން ފުރަތަމަ ހެދި ދިރާސާގެ ނަތީޖާއިން ފެންނަ ގޮތުގައި އެ ވޭރިއަންޓަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ އަދި "ޑޮމިނެންޓް" ވޭރިއެންޓެއް ވެދާނެ ކަމަށް ހޯދިފައިވާ ކަމަށެވެ. ނަމަވެސް މިއީ ނަމަވެސް އެނެލިސްޓުން ބުނީ އެއީ އަދި ފުރިހަމަ ޑޭޓާއެއް ނޫން ކަމަށެވެ.
ސައިންޓިސްޓް ސުމްޔާ ވަނީ އާ ވޭރިއަންޓާ މެދު ކަންބޮޑުވާންވީ ކިހާ މިންވަރަކަށްތޯ ސުވާލު އުފައްދައިފަ އެވެ. އޭނާ ބުނީ މިއީ ކުރިއާ އަޅާބަލާއިރު ތަފާތު ހާލަތެއް ކަމަށާއި، ނަމަވެސް މިކަމުގައި ޕެނިކް ވުމުގެ ބަދަލުގައި އާ ވޭރިއަންޓުން ރައްކާތެރިވުމަށް ތައްޔާރުވާންވީ ކަމަށެވެ.



