ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް -

"އިންޑިއާ އައުޓް" ކެމްޕޭން ފުޅާ ކުރަން ރައީސް ޔާމީން އަތޮޅު ތެރެއަށް

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ފަށައިފައިވާ "އިންޑިއާ-އައުޓް" ޕެޓިޝަނުގައި ސޮއިކުރުމުގެ ހަރަކާތް އިތުރަށް ފުޅާކުރުމަށް، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރަށްރަަށަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ. 

ޕީޕީއެމްގެ އޮފީހުގައި ރޭ އޮތް ޖަލްސާއެއްގައި ވާހަކަދައްކަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ބުނީ، "އިންޑިއާ-އައުޓް" ޕެޓިޝަނުގައި ސޮއިކުރުމުގެ ހަރަކާތް  ރައީސް ޔާމީން ރަށްރަށަށް ދަތުރުކުރައްވަން ނިންމަވައިފައިވާ ކަމަށެވެ. 

މި ހަރަކާތުގައި އިދިކޮޅުގެ އިސްލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޝުޖާއު ބުންޏެވެ. ނަމަވެސް މި ދަތުރުތައް ފެށޭނީ ކޮން ތާރީހެއްގައި ކަމެއް އަދި ހާމައެއްނުކުރެ އެވެ. 

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަ ދުވަހުގެ ޖަލު ހުކުމުން މިނިވަންވުމަށް ފަހު، ސަޕޯޓަރުންނާއެކު “މަރުހަބާ ރައީސް ޔާމީން”ގެ ނަމުގައި މިދިޔަ ހުކުރު ދުވަހު ކާނިވަލް ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ރާއްޖެއަކީ އިންޑިއާގެ އަވަށެއް ނޫންކަމަށާއި، އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށް ވިދާޅުވެފަ އެވެ. 

ޔާމީން ވިދާޅުވި ގޮތުގައި، އިންޑިއާ-އައުޓް ކެމްޕެއިނަކީ  މިއީ ޕީޕީއެމް ޕީއެންސީގެ ފަރާތުން ރައީސް ޔާމީން އިސްނަންގަވައިގެން ފަށައިފައިވާ ހަރަކާތެކެވެ.

ޔާމީން ވިދާޅުވިގޮތުގައި ރާއްޖެ އިންޑިއާގެ އަވަށަކަށް ނެހެދޭނެއެވެ. އަދި ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭރުގެ އަސްކަރިއަޔާއެއް މުހިންމު ނޫންކަމަށާއި، އިންޑިއާ އަކީ ރާއްޖޭގެ އަވަށްޓެރި ގައުމަކަށް ވިޔަސް ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެެއަށް ވަނުމުގެ ފުރުސަތު ނޯންނާނެކަން ރާއީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ