އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ބޮޑު ނުފޮރުއްޕާނެއް: ޔާމީން

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ބޮޑު ނުފޮރުއްޕާނެއް ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ، އދ.މަހިބަދޫގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ބޮޑު ނުފޮރުއްޕާނެއް ކަމަށާއި، ހަމަ ހަގީގަތުގައިވެސް ވަރަށް ބޮޑު ނުހުރުއްޕާނަކަށް އިންޑިއާ ސިފައިން ވެފައިވާ ކަމަށެވެ.

"އެއްވެސް އިރެއްގައި ދިވެހިރާއްޖޭގައި ޚާރިޖީ ސިޔާސަތު މާމޮޅަށް އެނގިގެނެއް ނޫން އިންޑިއާއާއި އަޅުގަނޑުމެންނާ ގުޅުންތަކެއް އޮތީކީ. އެއީކީ ރަނގަޅު ވާހަކަތަކެއް ނޫން. [..] ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާރުވެސް ހިނގަނީކީ ތިބުނާހާ މޮޅެއްކޮށެއް ނޫން. ޢަބްދުﷲ ޝާހިދަކަށް ވިދާޅެއް ނުވެވޭނެ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި މިހާރު މިއޮތީ މުޅި ދުނިޔެއާ ގުޅި ލާމެހިފައެކޭ. ދުނިޔޭގެ އިސްލާމީ އުއްމަތުގައި ދިވެހިރާއްޖެ މިއޮތީ އެކަހެރިވެފައި." ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ރާއްޖޭގައި ވެރިކަންކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށާއި، ބާރު ހިންގަމުންދަނީ އިންޑިއާ ސަފީރު ކަމަށެވެ.

".... އަޅުގަނޑުމެންނަށް ނުފޮރުއްޕާންވެގެން މިއުޅޭ ސަބަބުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި މިހާރު މާލޭގައި، ވެރިކަންކުރާ މާލޭގައި ވެރިކަން އޮތީކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަތަކު ނޫން. އެހެންވެގެން ކަންނޭނގެ ދެވަނަ މީހަކު ލައްވައި ހުވާވެސް އެ ކުރެއްވީ. އެއްގޮތަކަށްވެސް ޞޯލިޙް އަތަކު ނޫން. އެތާ ކައިރީގައި އެހުރި، ދާދި ކައިރީގައި އެހުރީ އަތިރީގައި އިންޑިއާ ސަފީރު ހުންނަ ގެ، ސަފީރު ނެރޭ ލިޔުންތަކަށް ޢަމަލު އެކުރަނީ. އޭނަ ވިދާޅުވީމަ ޢަބްދުﷲ ޝާހިދަށް މަޖުބޫރުވޭ ސަފީރު އަންގާ އެންގުންތަކަށް ޢަމަލުކުރަން." އިންޑިއާއަކީ ދިވެހިރާއްޖެއަށް ޖެހިފައި އޮތް "ނުފޮރުއްޕާނެއް" ކަމަށް ވިދާޅުވެ ޔާމީން މިއަދު ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއިން މިހާރު ބޭރުވާންވީ އިންޑިއާގެ އަސްކަރިއްޔާ އެކަނި ނޫން ކަމަށާއި، އިންޑިއާގެ ޑިޕްލޮމެޓިކް ބައެއް ފަރާތްތަކުންވެސް ރާއްޖެއިން ބޭރުވާންޖެހޭ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިސްތިޤްލާލެއް މިހާރު ނެތްކަމަށާއި، ދިވެހިރާއްޖޭގެ ވެރިކަމުގައި އެއްވެސްކަހަލަ އާރެއް، ބާރެއް މިއަދު ނެތްކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާ ބުނާގޮތަކަށް ނޫންގޮތަކަށް އެއްވެސް ކަމެއް ދިވެހިރާއްޖޭގައި ނުހިނގާކަމަށް ވިދާޅުވެ ޔާމީން ވަނީ އިންޑިއާ ރާއްޖެއިން "އައުޓް" ވާންޖެހޭކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ދައްކާ ވާހަކައަކަށް ޖަދަލުކުރަން ކެރިވަޑައިގަންނަވާ ވަރުގެ ދިވެހި ދައުލަތުގެ އިސް ބޭފުޅަކު ހުންނެވިއްޔާ، ރައްޔިތުންގެ މައިދާނަކަށް ވަޑައިގެން އަޅުގަނޑަށް ޖަވާބުދެއްވާ." އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިޔުއްވަން ފެއްޓެވުމުގެ ކުރިން މިއަދު ޔާމީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ