ށ. ނޫމަރާގެ ފަރަށް "މެރިން ޕަވަރ 2317" ބާޖު އެރުމާއި ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކަށް 1 މިލިއަން ރުފިޔާ އިން އެ ބާޖުގެ ވެރިފަރާތް ޖޫރިމަނާކޮށްފި އެވެ.
އެންވަޔަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 26 އޮކްޓޫބަރު 2019 ގައި ށ. ނޫމަރާގެ ފަރަށް "މެރިން ޕަވަރ 2317" ނަމަކަށް ކިޔާ ބާޖާ އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް
ލިބުނު ގެއްލުންތަކަށް ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު ގެ ދަށުން 61,681,316.00 (ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ) ރުފިޔާއިން އެ ބާޖުގެ ވެރިފަރާތް ވަނީ ޖޫރިމަނާކުރެވިފައި ކަމަށެވެ.
އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އެ ބާޖުގެ ދިވެހި އޭޖެންޓު، ރޮހޮފް ޕްރައިވެޓް ލިމިޓެޑަށް އީޕީއޭ އިން ވަނީ އަންގައިފަ އެވެ.
ނޫމަރާ ފަރަށް އެ ބާޖު އެރުމާއި ގުޅިގެން އެ ބާޖު ފުންކޮށް، އެ ސަރަޙައްދަށް ފެތިފައި އޮތް އެ ބޯޓުގެ ބައިތައް އެ ސަރަޙައްދުން ނަގައި ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އީޕީއޭ އިން އެ ސަރަޙައްދު ބަލައި ވަނީ ސަރވޭއެއް ކޮށްފައެވެ.
އެ ސާރވޭއަށް ފަހު 1632 އަކަމީޓަރުގެ ސަރަޙައްދަކީ ސީދާ ގޮތެއްގައި ބާޖު ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމެއްގެ ގޮތުގައި އީޕީޭ އިން ވަނީ ކަނޑައަޅާފައެވެ.
އީޕީއޭ އިން ބުނީ [ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާގެ ޢަދަދަކީ 61,681,316.00 (ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ) ރުފިޔާ ކަމަށެވެ.
އެ އެ ބާޖު ފުންކޮށް، އެ ސަރަޙައްދަށް ފެތިފައި އޮތް އެ ބޯޓުގެ ބައިތައް އެ ސަރަޙައްދުން ނަގައި އެ މަސައްކަތްކޮށް ނިމިފައިވަނީ މިިދިޔަ ނޮވެމްބަރު މަހުގެ 16 ގައެވެ.




