މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ،  ގެއްލިގެން ހޯދަމުންދާ މީހަކީ ދ. މީދޫ / ނޫރާނީވިލާ، ޢަލީ އިސްމާޢީލް (54އ) އެވެ.

ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ފުލުހުންނަށް ބުނީ، މިކަން ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައެއް ނުވާ ކަމަށެވެ.

އެހެންކަމުން  ޢަލީ އިސްމާޢީލް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަން ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

***

ޢަލީ އިސްމާއިލް ހޯދަމުންދާކަން އެނގިގެން އޭނާ މިއަދު ވަނީ އައްޑޫ ސިޓީ ޕޮލިސްއަށް އަމިއްލައަށް ހާޒިރުވެފައި ކަމަށް ފުލުހުން ފަހުން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ