މީދޫ ގާޒީ އަލީ ޝަފީގުގެ މައްސަލަ ނުބަލަން ނިންމައިފި

ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ ޝަފީޤުގެ ސުލޫކީ މައްސަލަ ކުރިއަށް ނުގެންދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ ޝަފީޤު، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިޙުމާލުވެފައިވާކަމަށް ބުނާ 2 ސުލޫކީ މައްސަލައެއް ޖޭއެސްސީން ވަނީ ތަހުގީގުކޮށްގައެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ދެ މައްސަލަ ތަހުގީގުކުރިއިރު، ދ.މީދޫ ކޯޓުން ލިބިފައިވާ ލިޔުންތަކާއި އިސްމެޖިސްޓްރޭޓް ޢަލީ ޝަފީޤުގެ ސިއްޙީ ހާލަތު ބަޔާންކޮށް މި ކޮމިޝަނަށް ހުށަހެޅި ލިޔުންތަކަށް ރިޢާޔަތްކުރި ކަމަށެވެ.

ނަމަވެސް މި ލިޔުންތަކަށް ރިއާޔަތްކުރުމަށްފަހު މި ދެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތެއް ކަމަށް ނުފެންނަކަމަށް ޖޭއެސީން ނިންމައިފައިވާ ކަމަށެވެ.

އަލީ ޝަފީޤު ހިމެނޭހެން ސަތާރަ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަން ފެށީ މި އަހަރުގެ ފެބްރުއަރީ މަހު ފަހުކޮޅުއެވެ.

ޖޭއެސްސީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެމުންދާތީ، އެބަލި ފެތުރުން ކުޑަކުރުމަށްޓަކައި މާޗް 18، 2020 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ހާއްސަ ފިޔަވަޅުތަކުގެ ތެރޭގައި މާޗް 19، 2020 އިން ފެށިގެން ސަރުކާރު ބަންދު ކުރަން ނިންމަވައި ނެރުއްވި ދެންނެވުމުގައި ސަރުކާރު ބަންދުކުރާ މުއްދަތުގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަނޑައެޅުއްވި އިދާރާތަކުގެ ތެރޭގައި އަދުލު އިންސާު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް ހިމަނުއްވާފައިވާ ކަމަށެވެ.

އަދި އެ ދެންނެވުމާ ގުޅިގެން ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް ފޯރުކޮށްދިނުމަށް ދަންނަވައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނާއި އެކޮމިޝަނުން ނެރުނު ދެ ސާކިއުލާއަކާ ހިލާފަށް 17 ފަނޑިޔާރަކު އަމަލުކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ