ނޭމާގެ މައްޗަށް ބްރެޒިލް އަންހެނަކު ރޭޕްކުރިކަމުގެ ތުޙުމަތު ކުރެވިފައިވާއިރު މިހާދިސާ ހިނގިކަމަށްބުނާ ހޮޓަލުގެ ސީސީޓީވީ ފުޓޭޖް ފްރާންސްގެ ފުލުހުންގެ ބެލުމުގެދަށް ގެންގޮސްފިއެވެ.
އެހެންނަމަވެސް މިފުޓޭޖްތަކުގެ އަލީގައި ނޭމާއަށް ކުރެވޭ ތުޙުމަތު ސާބިތުކުރެވޭނެކަމެއް އަދި ނޫންކަމެއްވެސް ފުލުހުން ހާމައެއްނުކުރެއެވެ.
ބްރެޒިލް މިއަންހެންމީހާ ޖެއްސި މައްސަލައަކާއި ގުޅިގެން ނޭމާއަށް ރޭޕްގެ ތުޙުމަތުކޮށް މައްސަލަ ބަލަންފަށާފައިވާއިރު މިހާދިސާ ހިނގާފައިވަނީ ނިމިދިޔަ މެއި މަހުގެ 15 ގައި ކަމަށާއި، އިންސްޓަގްރާމްއިން ބައްދަލުވެ ދެމީހުންގެ ދެމެދު މެސެޖުތައް ބަދަލުކުރެވުމަށްފަހު ދެމީހުން ހޮޓަލުން ބައްދަލުކުރީ ނޭމާގެ ރައްޓެއްސެއްގެ އެހީގައިކަމަށް ބްރެޒިލްގެ އަންހެންމީހާ ބުނެފައިވެއެވެ.
އަނެއްކޮޅުން ނޭމާ މިމައްސަލައިގައި އޭނާގެ ކުށެއް ނެތްކަން ހާމަކުރުމަށް މިދެމީހުން ދޭތެރޭ ވަޓްސްއެޕްގައި ދެކެވުނު ވާހަކަތައް ހާމަކޮށް ވީޑިއޯއެއް އާންމުކޮށްފައިވެއެވެ.
މިހާދިސާ ހިނގައިދިޔަގޮތް ހުރިހާމެނަށްވެސް އެބަ އެގެންޖެހޭކަމަށާއި ނޭމާ މިކަހަލަ ޙާލަތަކަށް ވައްޓާލުމުން ދެރަވެ ހިތާމަކުރާކަމަށް އާންމުކުރި މިވީޑިއޯގައި ނޭމާ ބުނެފައިވެއެވެ.




