ލަންކާގައި ފޭކު ފައިސާގެ ނޫޓު ދައުރުވާތީ ސަމާލުވާން އެދެފި

އަވައްޓެރި ސްރީލަންކާގެ ބައެއް ސަރަހައްދުތަކުގައި މި ދުވަސްވަރު ފޭކް ފައިސާގެ ނޫޓުތައް ދައުރުވަމުންދާތީވެ އެކަމަށް ސަމާލުވާން ލަންކާ ފުލުހުން އެދެފިއެވެ.

މި ފޭކް ނޫޓުތައް ގެންގުޅޭކަމުގެ މައުލޫމާތާއެކު ލަންކާ ފުލުހުން ހިންގި ހާއްސަ އަޕަރޭޝަނެއްގައި ލަންކާގެ ހަތަރު ސަރަހައްދަކުން ވަނީ މި ނޫޓުތައް ހޯދައި، އެކަމުގައި އުޅުނު މީހުން ހައްޔަރުކޮށްފައެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގެ ހަތަރު ސަރަހައްދަކުން މި ފޭކް ފައިސާ ނޫޓުތައް އަތުލައިގެން އިރު،  ފޭކް ނޫޓްތައް ޕްރިންޓް ކުރުމަށް ބޭނުން ކުރާ ޕްރިންޓަރުތަކެއް ވެސް ލަންކާ ފުލުހުން ވަނީ ހޯދައިފައެވެ. މިހާތަނަށް ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި ޕްރިންޓް ކޮށްފައިވާ ފޭކް ނޫޓުތަކަކީ 5000 ރުޕީސްގެ ނޫޓާއި 1000 ރުޕީސްގެ ފޭކް ނޫޓުތަކެކެވެ.

މި މައްސަލައިގައި ގިނަ ބަޔަކު ފުލުހުން ހައްޔަރުކުރި ނަމަވެސް، ހައްޔަރުކުރީ ކިތައް މީހުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިހާތަނަށް 5000 ރުޕީސްގެ ނޫޓާއި 1000 ރުޕީސްގެ ނޫޓުތަކެއް ދައުރުވާކަން ފާހަގަވިނަމަވެސް، އިތުރު ފޭކް ނޭޓުތައްވެސް ދައުރުވުން އެކަށީގެންވާ ކަމަށް ލަންކާ ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ